Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްތިހާލް މަރާލި މައްސަލަ

އިބްތިހާލްގެ މަންމައަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދިއްޖެ

ދައުލަތުން އެދެނީ އާފިޔާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2020 | ބުދަ 10:29
އިބްތިހާލްގެ މަންމަ އާފިޔާ

އިބްތިހާލްގެ މަންމަ އާފިޔާ

އިބްތިހާލް މަރާލި މައްސަލަައިގައި، އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން އެދިއްޖެއެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައިވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީ ކަމަށާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަ ހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކޮށްފައިވާ އިތުރު ބައެއް ކަންކަމަށް ބަލާއިރު، ދައުލަތުން ވަނީ މި މައްސަލައިގެ މުއްދަތު މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި އާފިޔާ ކުށަށް އިއުތިރާފު ވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފް (ޖުޑީޝަލް ކޮންފެޝަން) އަކަށްވާއިރު، ޤާނޫނީ ހަމަތަކުން ބަލާއިރު، މި އިއުތިރާފުން ރުޖޫއަ ވެވިދާނެ ކަމަށް ޤަބޫލު ނުކުރާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ޝަރުއީ ނަޒަރަކުން ބަލާއިރު ގާޒީގެ ކުރިމަތީގައިވާ އިއުތިރާފު ބަލައިގަތުމުގައި ދެ ހާލަތެއްވާ ކަމަށާއި، އިއުތިރާފަކީ އާދަމުގެ ދަރިއެއްގެ ޙައްޤަކާ ގުޅޭ މައްސަލައެއްނަމަ އިއުތިރާފު އަނބުރާ ނުގެންދެވޭނެ ކަަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އޭގެއިތުރުން، އާފިޔާގެ ސައިކޮލޮޖިކަލް އެސެސްމަންޓެއް ހަދާފައިވާއިރު، އެސެސްމަންޓް ހެއްދެވި ނަފްސާނީ ޑޮކްޓަރ އާއިޝަތު އަލީ ނާޒުގެ ހެކިބަހުގައިވެސް އާފިޔާގެ ހަމަ ބުއްދި ފިލައިދާނެ ވަރުގެ ނުވަތަ އަމިއްލަ އިހުތިޔާރު ގެއްލިގެން ދާނެ ފަދަ "ސައިކޯޓިކް ސިމްޕްޓޮމް"އެއް ފެނިފައި ނުވާ ކަމަށާއި، ކޮންމެވެސް ވަރަކަށް ނަފްސާނީ މައްސަލަތައް ހުރި ނަމަވެސް އާފިޔާގެ ވިސްނުމުގެ ތޫނުފިލިކަމާއި، ކަންކަން ދެނެގަތުމުގެ ޤާބިލިއްޔަތުކަން އާދައިގެ އެހެން އިންސާނުންނެކޭ އެއް ހަމައެއްގައި ހުރިކަމަށް ހެކިބަސް ދީފައިވާކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އަދި އާފިޔާގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވޭ ފަދަ ނަފްސާނީ ޙާލަތެއް އޭނާގެ ނެތްކަންވެސް ޑރ ނާޒްވަނީ ފާހަގަކުރައްވާފައެވެ. އެކަންކަމަށް ބަލާއިރު، މިހާރު އާފިޔާ އިންކާރު ކުރި ނަމަވެސް އާފިޔާގެ ބަޔާނާއި އިއުތިރާފަކީ ވަށައިގެން ހުރި ކަންކަމަށް ބަލައި ހެއްކެއްގެ ގޮތުގައި ގުޅުވާލެވޭ ކަމެއްކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި އާފިޔާ ތަހުޤީޤަށް ދީފައިވާ ބަޔާނާއި، އާފިޔާގެ އިއުތިރާފުގައި އިބްތިޙާލު މަރުވި ދުވަހު ކަންކުރި ގޮތް ވަނީ ކިޔައިދީފައެވެ. އެގޮތުން އެދުވަހު އާފިޔާގެ އެހެން ދަރިއަކާއެކު އިބްތިޙާލް ކޮޓަރީގައި ނިދާފައި އޮއްވައި އޭނާ ނޭވާ ހާސް ކުރުމުގެ ގޮތުން ކަރުގައި ހިފި ކަމަށާއި، ކަރުގައި ހިފަމުން ދިޔައިރު އިބްތިޙާލުގެ ކަރުން ލޭ އަންނަމުން ދިޔަތަން ފެނުނުކަމަށް އާފިޔާ ބުނެފައިވެއެވެ. އަދި އެވަގުތު އިބްތިޙާލު މަޑުމަޑުން "މަންމާއޭ" ކިޔާ ގޮވާލި ކަމަށާއި، ނަމަވެސް އެވަރުންވެސް ދޫނުކޮށް ކަރަށް ބާރުކުރަމުން ދިޔަ ކަމަށް އޭނާ އިއުތިރާފުވެފައިވެއެވެ.

އެވަގުތު އިބްތިޙާލުގެ ހަށިގަނޑު މަޑުމަޑުން ހަރަކާތް ހުއްޓެމުން ދިޔަ ކަމަށާއި، އެހިސާބުން އާފިޔާ ތެދުވެ އޭނާގެ ފައިން އިބްތިޙާލް ގައިގައި ތެޅި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭރު އިބްތިހާލުގެ ހަރަކާތެއް ނެތް ނަމަވެސް އަނެއްކާވެސް އިބްތިހާލުގެ ދަތްދޮޅިދަށުގައި ގޮއްމުށުން ޖެހި ކަމަށާއި، އޭރު މަޑުމަޑުން ކުކުރާލުން ފިޔަވައި އިބްތިހާލުގެ އެއްވެސް ހަރަކާތެއް ނެތްކަން އާފިޔާ ވަނީ ފާހަގަކޮށްފައެވެ.

އާފިޔާ އިތުރަށް ބުނީ، އިބްތިހާލަށް އަނިޔާ ކުރުމަށްފަހު އޭނާ އަވައްޓެރިއެއްގެ ގެއަށް ދިޔަ ކަމަށާއި، ގެއަށް ގޮސް ހިންދީ ޑްރާމާއެއް ބަލަން އިން ކަމަށެވެ. އަދި ފަހުން ގެއަށް ދިޔަ އިރު އިބްތިހާލް އެއްވެސް ހަރަކާތެއް ނެތިފައި އޮތް ކަމަަށާއި، ބަންޑުން އޮއްވައި އަނެއްކާވެސް ފައިން ޖެހިއިރު ހަރަކާތެއް ނެތުމުން ކަރަށް ފެން އެޅިކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެތެރެހައްޓަށް ފެންތައް ނުގޮސް ބޭރުވި ކަމަށާއި، އެހިސާބުން ވަގުތުން ދުވެފައި ނުކުމެ އަވައްޓެރިއެއް ގާތަށް އެހީއަށް އެދި ގޮވި ކަމަށް އާފިޔާ ވަނީ ބުނެފައެވެ.

މި މައްސަލައަކީ މަރުގެ ބޮޑު މައްސަލައަކަށް ވާތީ ދައުލަތުން ވަނީ ހަމައެކަނި އާފިޔާގެ ބަޔާނަށް ބުރަވުމުގެ ބަދަލުގައި އޭނާއާ ދެކޮޅަށް ގިނަ ކިތާބީ އަދި ޝަފަވީ ހެކިތަކެއްވެސް ހުށައަޅާފައެވެ. އެގޮތުން އާފިޔާއާ ދެކޮޅަށް ހުށައަޅާފައިވާ ގިނަ ހެކިވެރިން ވަނީ އިބްތިޙާލަށް އޭނާ ކޮށްފައިވާ އަނިޔާތަކާއި، ފެނުނު މަންޒަރުތައް ތަފްސީލުކޮށް ކިޔާދީފައެވެ.

އެގޮތުން އިބްތިޙާލް ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާކަން ޑޮކްޓަރުން ކަށަވަރު ކޮށްދީފައިވާއިރު، އިބްތިޙާލް މާލެ ފުރުވާލުމުގެ ކުރިން އާފިޔާ ގާތުގައި އޭނާގެ ފުރާނަނެތް ހަށިގަނޑު ބޭއްވުމަށްފަހު، ފަހު ފަހަރަށް މޫނު ދެކިލަން ބޭނުންތޯ އެހުމުން "މޫނު ދެކެން ބޭނުމެއް ނޫން" ކަމަށް އާފިޔާ ބުނެފައިވާކަމަށް ޝަފަވީ ހެކިން ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން، އިބްތިޙާލް މަރާލުމުގެ ކުރިންވެސް "މިއަދު ހަމަ ތެޅި ތެޅީނުން މަރާލާނަން، އޭރުން މީހުން ކިޔާނެ އެއްޗެއް ނޯންނާނެ" ކަމުގައި އާފިޔާ ބުނެފައިވާ ކަމަށާއި، އޭގެން ދޭހަވަނީ އިބްތިޙާލް މަރާލުމުގައި އާފިޔާގެ ނިޔަތް ކުރިންވެސް އޮތްކަމަށް ކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އާފިޔާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކަށްބަލާއިރު، އޭނާއާ ދެކޮޅަށް ހުށައެޅިފައިވާ 2 ދައުވާވެސް ސާބިތުވާކަމަށް ނިންމުމަށް ދައުލަތުން ވަނީ އެދިފައެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަންނަ މާރޗު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:30 ގައި މި މައްސަލައިގެ ޙުކުމް ކުރުމަށް އަޑުއެހުމެއް ތާވަލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު