Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ- ޑެފް އެސޯސިއޭޝަން

އުރީދޫއިން ޑެފް ކޮމިއުނިޓީއަށް އެހީވުމަށް ޚާއްސަ ޕްލޭންތަކެއް!

ޚިދުމަތް ހޯދުމުގައި ފަސޭހަ ކުރުމުގެ ގޮތުން ޚާއްސަ ހޮޓްލައިންއެއް ޤާއިމުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ފެބުރުއަރީ 2020 | އަންގާރަ 13:34
އުރީދޫއިން ޑެފް އެސޯސިއޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރަނީ

އުރީދޫއިން ޑެފް އެސޯސިއޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރަނީ

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫއިން އަޑުއިވުމުން ނުކުޅެދޭ ފަރާތްތަކައް ޚާއްސަ ޕްލޭންތަކެއް ތަޢާރަފުކޮށްފިއެވެ.

އަޑުއިވުމުން މަޙުރޫމުވެފައިވާ ކުދިންނަށް އެހީވުމުގެ ގޮތުން އުރީދޫއިން އެކި ރޮނގު ރޮނގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ޚިދުމަތްތައް ލިބިގަތުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލެއް ގެނައުމަށް އުރީދޫއިން މިހާރުވެސް ދަނީ ޑެފް އެސޯސިއޭޝަނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑެފް ކޮމިއުނިޓީއަށް އެހީވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަންގާރަ ދުވަހު ވަނީ އެ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ފަސޭހަ ކުރުމުގެ ގޮތުން ޚާއްޞަ ހޮޓްލައިނެއް ޤާއިމުކޮށްފައެވެ. އެގޮތުން 9611929 އަށް ގުޅައިގެން ވައިބަރ މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެ ނަންބަރަށް ގުޅާލުމުން މަޢުލޫމާތު ދިނުމަށް އިންނަވާނީ "ސައިން ލެންގުއޭޖް" ދަންނަ މުވައްޒަފެއް ކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ.

އޭގެ އިތުރުން އުރީދޫ އިން ތަޢަރަފުކޮށްފައިވާ "އެކު" ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުން ކުރުމުގައިވެސް ޑެފް ކޮމިއުނިޓީއަށް ޚާއްޞަޕްލޭންތަކެއް ވަނީ ތަޢާރަފު ކޮށްފައެވެ. އެގޮތުން އުރީދޫ "އެކު" ޕޯސްޓްޕެއިޑް މެދުވެރިކޮށް ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި، އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިންގ ޚިދުމަތް ލިބިގެންދާއިރު، ޑެފް ކޮމިއުނިޓީއަށް ޚާއްޞަކޮށް ވައިބަރއާއި، ވަޓްސްއެޕްގައި ފްރީކޮށް ވީޑިއޯ ކޯލް ކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

ފާއިތުވި ދުވަސްތަކުގައި އުރީދޫއިން ވަނީ ޑެފް ކޮމިއުނިޓީގެ ފަރާތުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެހީވުމުގެ ގޮތުން އުރީދޫގެ 15 މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިންގ ކޯހެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެކަމުގެ ސަބަބުން އުރީދޫ ސެންޓަރުތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
14 ޖުލައި 2017

އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި

14 ޖުލައި 2017
އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު