Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފިޝަރީޒް މިނިސްޓަރ އިސްތިއުފާ ދެއްވާ، މިއަދުން މިއަދަށް ކޯލިޝަން އުވާލަންޖެހޭ: ޢަބްދުﷲ ޝަހީމް

25 ފެބުރުއަރީ 2020 | އަންގާރަ 05:47

ކޯލިޝަން ސަރުކާރެއް އުފައްދައިގެން ރައްޔިތުން ބޭނުންވާ ކަންކަން ފޯރުކޮށް ނުދެވޭކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ފެބުރުއަރީ 2020 | އަންގާރަ 05:47
ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްހަކީމް

ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްހަކީމް

މިއަދުގެ ހަޤީޤަތަކީ ފިޝަރީޒް މިނިސްޓްރީ ފެއިލްވެއްޖެ ކަމަށާއި އެހެންކަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އިސްތިއުފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްޙަކީމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ ބިލަށް ބަހުސްކުރައްވަމުން އަބްދުﷲ ޝަހީމް ވަނީ މިއަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޝަހީމް ވިދާޅުވީ ބިލްތައް ހުށަހަޅައިގެން ކަންކަން ރަނގަޅުކުރަން އުޅޭއިރު އެކަންކަން ރަނގަޅަށް ކުރަންޖެހޭ ކަމަށެވެ. މަސްވެރިންނާ ގުޅުންހުރި ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެބިލްގައި އެކަން ކުރާނެ އުސޫލުތަކަކާއި ހަމަތައް ލިޔުމަށް ފިޝަރީޒް މިނިސްޓްރީއަށް ޖެހޭކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މިއަދު މަސްވެރިންގެ ހާލަތަކީ ކޮބައިތޯ އާއި އެކަން މިނިސްޓަރ ބައްލަވާތޯ ޝަހީމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

ޝަހީމްގެ ވާހަކަފުޅުގައި ވަނީ ކޯލިޝަން ސަރުކާރެއް އުފައްދައިގެން ރައްޔިތުން ބޭނުންވާ ކަންކަން ފޯރުކޮށް ނުދެވޭކަމަށް ވިދާޅުވެ ކޯލިޝަންގައި ތިއްބެވި އެހެން ޕާޓީތަކަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޝަހީމް ވިދާޅުވީ ކޯލިޝަން ހަދާފައި އޮތް ސަރުކާރެއް ކޯލިޝަން ޕާޓްނަރުން ގޮތުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ މީހުން އިސްކޮށްގެން ބޯޑުތަކަށް ލެވިދާނެ ކަމަށެވެ. ނަތީޖާ މިއަދު މިއޮތީ ފެންނަން ކަމަށާއި މުއައްސަސާތައް ދަނީ ފެއިލްވަމުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ސަރުކާރު ފެއިލްވުމުގެ ކުރިން މިސަރުކާރުން ވަރަށް ފުންކޮށް މިކަމާއި ވިސްނަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. މިއަދު ކުންފުނިތައް ހަދާ މިކުންފުނިތަކަށް ލާފަތިބި އެމްޑީއާ ޑީއެމްޑީން ކަންކުރަމުންދާގޮތް ވަރަށް ރަނަގަޅަށް މިސަރުކާރަށް އެނގެން އެބަޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ ކޯލިޝަން ސަރުކާރު އުވާލާ މިނިސްޓްރީތަކުގެ ބާރު އެމްޑީޕީއަށް ލިބެންޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ މިވާހަކަތައް ދެއްކުމުން ބައެއް ބޭފުޅުން ހިތްހަމަނުޖެހިދާނެ ކަމަށެވެ. އެހެންނަމަވެސް ގޯސްކޮށް ކަންކުރަމުންދާނަމަ އެވާހަކަ ދައްކާނެ ކަމަށާއި ހުރިހާ ކަމެއް ދަނީ ރަނގަޅަށް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މިއަދު އެކަން ވަރަށް ސާފުކޮށް އެބަފެންނަކަމަށާއި އެހެންކަމުން މަޖިލީހަށް އައިސް ސަރުކާރަށް ސަނާނުކިޔާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް