Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަސަދުﷲ އަބްދުﷲ

އަސަދުﷲ އަށް އަނިޔާވެ ހަ މަހަށް ކުޅުމާއި ދުރަށް

24 ފެބުރުއަރީ 2020 | ހޯމަ 08:02

އަސަދުﷲ މިފަހަރު އަނިޔާވެފައިވަނީ އޭނާގެ ކަނާތު ކަކުލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ފެބުރުއަރީ 2020 | ހޯމަ 08:02
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާ ހަ މަހަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ އެވެ.

އަސަދުﷲ އަށް އަނިޔާވީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި މި މަހުގެ 19 ވަނަ ދުވަހު މާލޭގައި އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީ އަތުން މާޒިޔާ މޮޅުވި މެޗުގައެވެ. އެ މެޗުގެ ނުވަވަނަ މިނެޓުގައި އަސަދުﷲ އަށް އަނިޔާވުމުން އޭނާ ވަނީ ދަނޑުން ބާލާފައެވެ.

މިއީ ތިން އަހަރުގެ ތެރޭ އަސަދުﷲ ގެ ކަކުލަށް ލިބުނު ދެވަނަ އަނިޔާއެވެ. މީގެ ކުރިން 2017 ވަނަ އަހަރު ވާތު ކަކުލަސް އަނިޔާވިއިރުމ އެ އަނިޔާއިން ރަނގަޅުވުމަށް އޭނާ ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އެ އޮޕަރޭޝަނަށްފަހު އަސަދުﷲ އެނބުރި ކުޅުމުގެ ތެރެއަށް އައީ 9 މަސް ފަހުންނެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން މާޒިޔާގެ އޮފިޝަލަކު ބުނީ ކަނާތު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް މިފަހަރުވެސް އޮޕަރޭޝަނަށް ކުރަން ޖެހިފައިވާ ކަމަށާއި، އަސަދުﷲ އަށް ދެން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ 6 ނުވަތަ 7 މަސް ފަހުން ކަމަށެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ފުރަތަމަ ދެވަނަ ލެގަށް މާޒިޔާ ޓީމު އިންޑިއާއަށް ގޮސްފައިވާއިރު، އަސަދުﷲ ވެސް ވަނީ ޓީމާއެކު ގޮސްފައެވެ. ދެވަނަ ލެގުގައި ބެންގަލޫރާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. މި މެޗު ކުޅޭނީ ބެންގަލޫރުގެ ސްރީ ކަންޓްރީވާ ސްޓޭޑިއަމްގައެވެ.

ދެވަނަ ލެގާ ކުރިމަތިލާއިރު، މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން މާޒިޔާ ވަނީ ބެންގަލޫރު އަތުން 2-1 އިން މޮޅުވެފައެވެ. އެހެންކަމުން ރަށުން ބޭރުގައި ބެންގަލޫރާ އެއްވަރުކޮށްލައިގެންވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ.

ޕްލެއި އޯފުން ކުރިހޯދާ މާޒިޔާ ގްރޫޕު ސްޓޭޖަށް ދަތުރުކޮށްފިނަމަ، ފުރަތަމަ ފަހަރަށް ގްރޫޕު ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމެއް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ޕްލެއި އޯފުން މާޒިޔާއަށް ކުރިލިބިއްޖެ ނަމަ، އެޓީމު ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

5

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

އިތުރަށް ކިޔާލަން

09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
21 މާރިޗު 2017

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
24 ފެބުރުއަރީ 2017

އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި

24 ފެބުރުއަރީ 2017
އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް