Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބިޒްނަސް އެކްސްޕޯ

ބިޒްނަސް އެކްސްޕޯ ފަށައިފި

24 ފެބުރުއަރީ 2020 | ހޯމަ 04:09

އެކްސްޕޯ ކުރިއަށްދާނީ ފެބްރުއަރީ 24 ގެ ނިޔަލަށް ދަރުބާރުގޭގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ފެބުރުއަރީ 2020 | ހޯމަ 04:09
ބިޒްނަސް އެކްސްޕޯ

ބިޒްނަސް އެކްސްޕޯ

ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފަށައިފިއެވެ.

މި އެކްސްޕޯ މި މަހުގެ 23 ވަނަ ދުވަހު ފަށާފައިވާއިރު އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 24 އަށް ދަރުބާރުގޭގައި މެންދުރު 1:30 އިން ފެށިގެން ރޭގަނޑު 11:30 ގެ ނިޔަލަށެވެ.

މިފަހަރުގެ އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގެ 60 އަށް ވުރެ ގިނަ ވިޔަފާރިތައް އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށް އިވެންޓް އިންތިޒާމު ކުރާ އޯރކާ މީޑިއާ ގްރޫޕުން ބުނެފިއެވެ.

ބިޒްނަސް އެކްސްޕޯ އަކީ ބޮޑެތި ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކައް، ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ޢާންމުންނަށް ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ތެރެއިން ވިޔަފާރިއާ ގުޅުން ހުރި ހަތަރު ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވިޔަފާރިވެރިންނަށް ޚާއްޞަ ސަމިޓަކާއި، އަންހެނުންނަށް ޚާއްޞަ ސަމިޓެއްގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލް ސަމިޓާއި، މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.

ސަމިޓުތަކުގެ ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެކިއެކި ފަންނުތަކުގެ ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. މި ބޭފުޅުން، އެ ސަމިޓުތަކުގެ ލިބިފައިވާ ކާމިޔާބީއާއި ތަޖުރިބާ، އެހެން ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުޤުވެރިވާ ފަރާތްތަކާއި ޙިއްސާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ވިޔަފާރިވެރިންނަށް ބޭނުންވާ ކަންކަމާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ވެސް ސަމިޓުތަކުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

މިއީ، މި އެކްސްޕޯ ބާއްވާ 2 ވަނަ އަހަރެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް