Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޔޫއެސްޔޫ

މިއަހަރުގެ އެމްއެންޔޫއެސްޔޫ މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާހުކޮށްފި

23 ފެބުރުއަރީ 2020 | އާދީއްތަ 20:40

އެމްއެންޔޫއެސްޔޫގެ މާލޭ ކެމްޕަހުގެ 10 ގޮފީގެ 60 މެމްބަރުންނަށް މަގާމުތައް ވަނީ ހަވާލުކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ފެބުރުއަރީ 2020 | އާދީއްތަ 20:40
2020 ވަނަ އަހަރުގެ އެމްއެންޔޫއެސްޔޫ މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

2020 ވަނަ އަހަރުގެ އެމްއެންޔޫއެސްޔޫ މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

2020 ވަނަ އަހަރުގެ އެމްއެންޔޫއެސްޔޫ މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާހުކޮށްފިއެވެ.

އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން (ސީއޭ) އޮޑިޓޯރިއަމްގައި ކުރިޔަށްދިޔަ ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ސީނިއާ ޕޮލެސީ ޑިރެކްޓާރ އަދި ޖަމިއްޔާތަކުގެ ރެޖިސްޓްރާ އަލްފާޟިލް އަހްމަދު އިރާޝް އެވެ. މީގެ އިތުރުން އެމްއެންޔޫގެ އިސްވެރިންނާއި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރ އަލްފާޟިލް ޝާހިދު ހުސެއިން މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ހަފްލާގައި އެމްއެންޔޫއެސްޔޫގެ މާލޭ ކެމްޕަހުގެ 10 ގޮފީގެ 60 މެމްބަރުންނަށް ވަނީ މަގާމުތައް ހަވާލުކޮށްފައިވެއެވެ. އަދި މި ހަފްލާގައި އެމްއެންޔޫގެ ދެވަނައަށް އެންމެ މަތީ ޝަރަފް އެމްއެންޔޫއެސްޔޫ އަލްމަރްހޫމް އަހުމަދު ނަސީރުގެ ހަދާނުގައި ދެވޭ ޝަރަފްވެރިކަމުގެ އިނާމް އަބްދުﷲ އަތޫފް އާތިފް އަށް ވަނީ އަރުވައިފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އަހްމަދު އިރާޝް ވިދާޅުވީ އެމްއެންޔޫއެސްޔޫ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޖަމިއްޔާ ކަމަށާއި މި ޖަމިއްޔާއަކީ ޔޫތް މިނިސްޓްރީއާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ޖަމިއްޔާއެއް ކަމަށެވެ. މީގެ އިތުރުން އިރާޝް ވިދާޅުވީ ދިވެހިރާއްޖެ އަކީ އެތަކެއް ބައެއްގެ ލޯ އަމާޒުވެފައިވާ ގައުމެއް ކަމަށާއި ރާއްޖޭގެ ފަސްވަނަ ބާރަކީ މަދަނީ ޖަމިއްޔާ ކަމަށެވެ. އަދި އެމްއެންޔޫއެސްޔޫ އަކީ ހުރިހާ ޖަމިއްޔާއަކަށް ނަމޫނާ ޖަމިއްޔާއެއް ކަމަށެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައަމްދު ޝަރީފް ވިދާޅުވީ އެމްއެންޔޫއެސްޔޫގެ މަސައްކަތް ދަރިވަރުން ވަނީ ބަލައިގަނެފި ކަމަށާއި އެމްއެންޔޫއެސްޔޫ އަކީ އެމްއެންޔޫގެ ކުރިއެރުމަށް މުހިންމު ޖަމިއްޔާއެއް ކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެމްއެންޔޫއެސްޔޫގެ ގޮފިތަކުން އިލްމީ ގިނަ ހަރަކާތްތަކެއް ދަރިވަރުންނާއި ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ.

އެމްއެންޔޫއެސްޔޫގެ އެޑްވައިޒަރީ ބޯޑު މެމްބަރ އަރުޝަދު އަޝްރަފް ވިދާޅުވީ މި މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވި ގޮންޖެހުމަކީ ޒުވާން ކުދިންތަކެއް ގޮވައިގެން ނުކުންނަން ޖެހުން ކަމަށެވެ. ނަމަވެސް މިއަދު ޔޫނިއަންގެ ހުރިހާ ހަރަކާތެއް ހިންގުމުގައި އެންމެ ބޮޑު އެހީއެއް ލިބެމުން އަންނަނީ 17 އަހަރާއި 21 އަހަރާއި ދެމެދުގެ ޒުވާން ކުދިންގެ ފަރާތުން ކަމަށެވެ.

އެމްއެންޔޫއެސްޔޫ އަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. އަދި މި ޖަމިއްޔާއަކީ އެމްއެންޔޫގެ ކައުންސިލުން ހުއްދަލިބި އެމްއެންޔޫގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް