Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލީކުވި އޯޑިއޯ

ނަހުލާގެ ފޯން ކޯލް: "ފޯނު ކަނޑާލާފަވެސް ކީކޭތަ ތިވިދާޅުވީ"

23 ފެބުރުއަރީ 2020 | އާދީއްތަ 18:03

ކުރިން އާންމުވި ފޯނު ކޯލަކީ ސައްހަ ކޯލެއް ކަމަށް ނަހުލާ ވިދާޅުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ފެބުރުއަރީ 2020 | އާދީއްތަ 18:03
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފޯން ކޯލެއްކަމަށް ބުނާ ފޯނު ކޯލެއްގެ އޯޑިއޯއެއް އަނެއްކާވެސް ލީކް ވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާދިއްތަ ދުވަހު އާއްމުވެފައިވާ އޯޑިއޯގައި ވަނީ މީގެކުރިން ނަހުލާއާ އާއި އަލީ ވަހީދުގެ ލިކުވި ފޯނު ކޯލުގެ އޯޑިއާއާ ގުޅިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ކުރިން ލީކްވި އޮޑިއޯއަކީ އެޑިޓްކޮށްފައިވާ އޯޑިއޯއެއް ކަމަށް އަލީ ވަހީދު މީގެކުރިން ވިދާޅުވިނަމަވެސް މިހާރު ލީކުވެގެން އުޅޭ އޯޑިއޯގައި، ކުރިން ލީކްވެފައިވާ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއްކަމަށް ނަހުލާ ވިދާޅުވެ އެވެ.

Advertisement - newsAdvertisement

ކުރިން ލީކްވި އޯޑިއޯއަކީ، އެ ދެ ބޭފުޅުންގެ ފޯނުކޯލެއް އަލީ ވަހީދުގެ ފޯން ސްޕީކަރަށް ލައިގެން އޭނާގެ ރައްޓެހިންތަކަކާކު ތިއްބަވައިގެން ހުތުރުބަހުން ވާހަކަދައްކާ އޯޑިއޯ އެވެ. އަދި ނަހުލާގެ ފޯން ކޯލް ނިމުމާއެކު، ނަހުލާއަށް ނިސްބަތްކޮށް، ހުތުރު ބަހުން ވާހަކަ ދައްކާފައިވެއެވެ.

މިހާރު ލީކުވެގެން އުޅޭ އޯޑިއޯގައި ނަހުލާ ވަނީ އެފޯނު ކޯލް އަލީ ވަހީދުގެ ރައްޓެހިންތަކަކާއެކު ތިއްބަވައި، ސްޕީކަރަށް ލައިގެން ވާހަކަ ދައްކާފައިވާތީ އާއި، އަދި ފޯން ބޭއްވުމަށްފަހު، ނަހުލާއާ ގުޅޭގޮތުން އަލީ ވަހީދު ދެއްކެވި ހުތުރު ވާހަކަތަކާ ގުޅިގެންވެސް ނަހުލާ ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. "ފޯނު ކަނޑާލާފައިވެސް ކީކޭތަ ތިވިދާޅުވީ،" މިހާރު ލީކުވެގެން އުޅޭ ފޯން ކޯލްގެ އޯޑިއޯގައި ނަހުލާ ވިދާޅު ވެއެވެ.

ނަމަވެސް އަލީ ވަހީދު ވިދާޅުވަނީ އެފަދަ ކަމެއް ނުކުރައްވާކަމަށާއި އެއީ އެޑިޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވެ ތަކުރާރު ކުރައްވާފަ އެވެ. "އެކަމަކު ކިހިނެއްތޯ އެހެން އެޑިޓް ކުރަނީ، އަޅުގަނޑަށް އެނގޭނެ ދެއްތޯ ވާހަކަ ދެއްކެވުނު ފޯން ކޯލެއްކަން،" މިހާރު ލީކުވެގެން އުޅޭ ފޯން ކޯލުގެ އޯޑިއޯގައި ނަހުލާ ވިދާޅު ވެއެވެ.

ނަހުލާގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނުއަށް ވެސް އަލީ ވަހީދު ފާޑު ވިދާޅުވާ އޯޑިއޯތަކެއް ކުރިން އާންމުވި އެވެ.

މިހާރަކަށް އައިސް އަލީ ވަހީދުގެ ލީކު ވަމުންދާ އޯޑިއޯތަކާއި ގުޅިގެން އަލީ ވަހީދު ވަނީ އެއީ އެޑިޓްކޮށްފައިވާ އޯޑިއޯތަކެއް ކަމަށް ވިދާޅުވެ، އަދި ތަހުގީގު ހިންގައިފި ނަމަ، އޭގެ ހަގީގަތް ސާފުވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ނަހުލާއާ ގުޅޭ، ލީކުވެފައި އޯޑިއޯގެ މައްސަލަ، ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރައްވައި، އެމައްސަލަ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފަ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް ރައީސް އޮފީހުން އެކަމާބެހޭ ގޮތުން އަދި މިހާތަނަށް ކޮމެންޓެއް ކުރައްވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި
16 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި

16 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި
07 އެޕްރީލު 2017

ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމްގެ ފޯނު ފުލުހުން އަތުލައިފި

07 އެޕްރީލު 2017
ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމްގެ ފޯނު ފުލުހުން އަތުލައިފި
27 މާރިޗު 2017

ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި

27 މާރިޗު 2017
ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި
10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް