Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އެސްޖީ އަބުދުލް އަލީމް

ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމްގެ ފޯނު ފުލުހުން އަތުލައިފި

މައުލޫމާތު ލިބިފައިފައިވާ ގޮތުގައި އަލީމްގެ ގެ ފާސްކުރުމުގެ ކޯޓް އަމުރެއްވެސް ފުލުހުން ވަނީ ހޯދާފަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 އެޕްރީލު 2017 | ހުކުރު 23:09
ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމް

ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމް

ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް އަލީމްގެ ފޯނު ފުލުހުން އަތުލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިފައިވާ ގޮތުގައި އަލީމްގެ ގެ ފާސްކުރުމުގެ ކޯޓް އަމުރެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.

Advertisement - newsAdvertisement

ކޯޓު އަމުރުގެ ދަށުން އަލީމް ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރަމުންނެވެ.

އަލީމުގެ ފޯނު ހޯދުމަށް ކުރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލައާއި ގުޅޭގޮތުން ނެގުމަށް ތައްޔާރުވަމުންދާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށައަޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، ސިޔާސީ ފަރާތްތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްފަދަ މިނިވަން ބާރަކަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގައި، އެފަރާތްތަކާއި ބައްދަލުކޮށް އެފަދަ ފަރާތްތަކަށް ފައިސާ ހަވާލުކުރަމުންދާކަމަށް ތުހުމަތު ކުރެވޭތީ، އަލީމުގެ ފޯނު ކޯލްތަކާއި މެސެޖްތަކުގެ ތަފްސީލުގެ އިތުރުން ފޯނާއި، ސިމްކާޑުތަކާއި، މެމޮރީކާޑާއި، އެއާގުޅޭ އިލެކްޓްރޯނިކް ސާމާނު، ހިފެހެއްޓުމަށް އަނގާ އަމުރުކުރާ ކަމަށެވެ. އަދި އެފޯނުގެ ލޮކްކޯޑާއި، ލޮކް ޕެޓާން އަދި ފިންގަޕްރިންޓްވެސް ފުލުހުންނަށް ދިނުމަށް މި ކޯޓްއަމުރުގައި އަލީމުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު