Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނު

އިރާނުގައި ބޭއްވި އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން ނިކުތީ މިފަހަރުގެ އިންތިޚާބުގައި

އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ ވޯޓުލެވޭ އާބާދީގެ 42 އިންސައްތަ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ފެބުރުއަރީ 2020 | އާދީއްތަ 17:13
އިރާނުގައި ކުރިޔަށް ދިޔަ އިންތިޚާބުގެ ވޯޓުލަނީ

އިރާނުގައި ކުރިޔަށް ދިޔަ އިންތިޚާބުގެ ވޯޓުލަނީ

އިރާނުގެ ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް އެގައުމުގައި މިފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ 1979 ވަނަ އަހަރުގެ ފަހުން އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން އިންތިޚާބަށް ވެއްޖެ އެވެ.

އެގައުމުގެ އިންޓީރިއަރ މިނިސްޓަރ ހާމަކުރައްވާފައިވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ ވޯޓުލެވޭ އާބާދީގެ 42 އިންސައްތަ އެވެ. އަދި މިއީ އިރާނަށް ގެނައި އިންގިލާބަށްފަހު 50 އިންސައްތައަށް ވުރެ މަދުން މީހުން ވޯޓުލުމަށް ނިކުތް ފުރަތަމަ އިންތިޚާބުވެސްމެ އެވެ.

އެކަމާއި ގުޅިގެން އެގައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއީ މިކަން ސިފަކުރެއްވީ ދުޝްމިނުން ކުޅުނު ގޭމެއް ކާމިޔާބުވީ ކަމުގަ އެވެ. އެގޮތުން އެގައުމުގައި ކޮރޯނާވައިރަސް ފެތުރެމުންދާ ކަމަށް ބުނެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރީ ކަމަށް އާޔަތުﷲ އަލީ ހާމަނާއީ ވަނީ ވިދާޅުވެފަ އެވެ.

އެގައުމުގެ އިންޓީރިއަރ މިނިސްޓަރ ވިދާޅުވީ މުޅި އިރާނުން ވޯޓުލާން ނިކުމެފައިވަނީ 24 މިލިއަން މީހުން ކަމަށެވެ. ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ނަމަވެސް އެކަން ގަބޫލުކުރައްވާކަމަށް އިންޓީރިއަރ މިނިސްޓަރ މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

އެގައުމުގައި 2016 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 62 އިންސައްތަ މީހުން ވޯޓުލާފައިވެ އެވެ. އޭގެ ހަތަރު އަހަރު ކުރިން 2012 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 66 އިންސައްތަ މީހުން ވަނީ ވޯޓުލާން ނިކުމެފަ އެވެ. މިފަހަރުގެ އިންތިޚާބުގައި 55 އާއި 60 އިންސައްތަ އާ ދެމެދުގެ މީހުން ވޯޓުލާން ނިކުންނާނެކަމަށް ކުރިން ވަނީ ބެލެވިފަ އެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

އިރާނުގައި ކުރަމުން ދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށް ސަރުކާރުން ބުނެފި

30 ޑިސެމްބަރު 2017
އިރާނުގައި ކުރަމުން ދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށް ސަރުކާރުން ބުނެފި
20 ނޮވެމްބަރު 2017

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިީޖާ ސައްހަ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި

20 ނޮވެމްބަރު 2017
ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިީޖާ ސައްހަ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި
02 ނޮވެމްބަރު 2017

ކެންޔާގެ އަލުން ބޭއްވި އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 13 މީހަކު މަރުވެފައިވޭ

02 ނޮވެމްބަރު 2017
ކެންޔާގެ އަލުން ބޭއްވި އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 13 މީހަކު މަރުވެފައިވޭ
01 ނޮވެމްބަރު 2017

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް

01 ނޮވެމްބަރު 2017
ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް
13 އޮކްޓޯބަރު 2017

ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި

13 އޮކްޓޯބަރު 2017
ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު