Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރޯނާވައިރަސް

ކޮރޯނާވައިރަސް ޖެހިގެން އިރާނުން މަރުވަމުން އަންނަ މީހުން އިތުރުވަމުން ދިޔުމާއެކު އެގައުމު ތައްޔާރީ ހާލަތަކަށް

މިހާތަނަށް އާއިރު އެގައުމުން ވަނީ މިވައިރަސް ޖެހިގެން 8 މީހުން މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ފެބުރުއަރީ 2020 | އާދީއްތަ 13:58
އިރާނުގައި ކޮރޯނާވައިރަސް އަންނަނީ ފެތުރެމުން

އިރާނުގައި ކޮރޯނާވައިރަސް އަންނަނީ ފެތުރެމުން

ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ޗައިނާއަށް ފަހު އެންމެ ގިނަ މީހުން މިވައިރަސް ޖެހިގެން އިރާނުން މަރުވަމުންދާތީ އެޤައުމު ތައްޔާރީ ޙާލަތަކަށް އަތުވެއްޖެ އެވެ.

މިހާތަނަށް އާއިރު އެޤައުމުން ވަނީ މިވައިރަސް ޖެހިގެން 8 މީހުން މަރުވެފަ އެވެ. މިއެންމެންނަކީވެސް އިރާނުގެ މީހުންނެވެ. އެއާއެކު އެގައުމުގެ ސްކޫލްތަކާއި ޔުނިވަރސިޓީތައް އަދި ކަލްޗަރަލް ސެންޓަރުތައް ވަނީ ބަންދުކޮށްފަ އެވެ. މިހާތަނަށް އާއިރު އެގައުމުން 28 މީހަކަށް ވަނީ މިވައިރަސް ޖެހިފަ އެވެ.

އިރާނުން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެދުވަހު މިވައިރަސް ދެ މީހަކަށް ޖެހިފައިވާކަމަށް އެގައުމުން ބުނިއިރު ހަމަ އެދުވަހު އެ ދެމީހުން ވަނީ މަރުވެފަ އެވެ. މި ދެމީހުންނަކީ މިވައިރަސް އިރާނުން ފެނުނު ކޫމް އިން އެހެން ސިޓީތަކަށް ގޮސްއުޅެފައިވާ ދެ މީހުންކަމަށް އެގައުމުން ބުނެއެވެ.

މިވައިރަސް ފެތުރެން ފެށުމާއެކު އެގައުމުގެ 14 ޕްރޮވިންސެއްގައި ހުރި ތައުލީމު ހާސިލްކުރާ ހުރިހާ ތަނެއް އާދިއްތަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާކަމަށް އެގައުމުގެ ސްޓޭޓް ޓީވީން ބުނެއެވެ. އޭގެތެރޭގައި ކޫމް، ގިލާން، ކުރްދިސްތާން އަދި ވެރިރަށް ތެހެރާންވެސް ހިމެނެއެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިރާނުގެ އެކި ހިސާބުތަކުގައި ހުރި ކަލްޗަރަލް އަދި ސިނަމާ ހޯލްތައް މިހަފްތާ ނިމެންދެން ބަންދުކޮށްފައިވާކަމަށް އެގައުމުން ބުނެއެވެ.

ތެހެރާންގެ ރެސްޓޯރެންޓްތަކާއި ސަބްވޭ ސްޓޭޝަންތަކާއި ފެންއަރުވާ ވަޑާންތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ. މީގެއިތުރުން ކުރިޔަށް އޮތް 10 ދުވަހަށް އެގައުމުގައި ކުޅޭ ހުރިހާ ފުޓްބޯޅަ މެޗްތަކެއްވެސް ވަނީ ފަސްކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު ބަސްތަކާއި ޓްރެއިންތަކާއި ކާރުތައް މިވައިރަސްއިން ސަލާމަތްވުމުގެ ގޮތުން ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިރާނަށް މިވައިރަސް ދިޔަ ގޮތެއް އަދި މިހާތަނަށް އާއިރު ހޯދިފައެއް ނުވެއެވެ. ނަމަވެސް އިރާނުގެ އޮފިޝަލުން ލަފާކުރާގޮތުގައި އެގައުމުން މިވައިރަސް ފެނިފައިވަނީ އެގައުމުގައި އުޅޭ ޗައިނާގެ މަސައްކަތް ކުރާ މީހުންގެ ފަރާތުންނެވެ.

މީގެއިތުރުން މިވައިރަސް އާ ގުޅިގެން ސަރުކާރުން ރަނގަޅު މައުލޫމާތު ހާމަނުކުރާކަމަށް ބުނެ އެގައުމުގެ ރައްޔިތުންގެ މެދުގައިވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އެމީހުން ބުނާގޮތުން މިވައިރަސްގެ އަސަރުކޮށްފައިވާ އަސްލު އަދަދު ސަރުކާރުން ހާމައެއް ނުކުރެއެވެ. އެގައުމުގެ ސްޓޭޓް ޓީވީން އަންނަނީ މިވައިރަސް އިން ރައްކާތެރިވުމާއި ގުޅޭ އެކިއެކި މައުލޫމާތުތައް ދައްކަމުންނެވެ. އެގޮތުން މާސްކު އަޅާނެ ގޮތާއި އަތްދޮންނަ ގޮތާއި އެނޫންވެސް މައުލޫމާތުތައް ދެމުންގެންދާއިރު މިވައިރަސްގެ އަސަރު އެގައުމަށް ކޮށްފައިވަނީ ކިހާ މިންވަރަކަށްކަން ސަރުކާރުން ހާމަނުކުރާކަމަށް ބުނެ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަނެއްކޮޅުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު އެޗް އޯ އިންވެސް ވަނީ އިރާނުގައި މިވައިރަސް ފެތުރެމުންދާތީ އަދި މިވައިރަސްގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިރާނުން މިވައިރަސްގެ އަސަރު ފެނުމާއެކު މެދުއިރުމަތީގެ އެހެން ގައުމު ތަކުންވެސް އަންނަނީ މިވައިރަސްގެ އަސަރު ފެންނަމުންނެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ އެގައުމުން ދެ މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައިވާކަމަށް ބުނެފަ އެވެ. މި ދެ މީހުންނަކީ އިރާނުގެ ޓޫރިސްޓުން ތަކެކެވެ. ލުބުނާނުންވެސް ވަނީ އިރާނުގެ ކޫމް އިން އައި މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައިވާކަމަށް ބުނެފަ އެވެ.

އިރާނުން ކޮރޯނާވައިރަސް ފެނުމާއި ގުޅިގެން އިރާގުން ވަނީ ބޯޑަރު ހުރަސްކޮށް އިރާނުން މީހުންނަށް ނާދެވޭގޮތަށް ބަންދުކޮށްފަ އެވެ. އަދި އިރާނަށް ދާ ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ އެވެ. ކުވައިތުން ވެސް ވަނީ އިރާނަށް ދާ ފްލައިޓްތައް ބުރާސްފަތި ދުވަހުން ފެށިގެން ކެންސަލްކޮށްފަ އެވެ. ސައުދީ އަރަބިއްޔާއިން ވަނީ އެގައުމުގެ ރައްޔިތުންނަށާއި އެގައުމުގައި މަސައްކަތްކުރާ މީހުންނަށް އިރާނުން ދިޔުން މަނާކޮށްފަ އެވެ.

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2017

އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް

10 ނޮވެމްބަރު 2017
އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް
07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
09 އޮކްޓޯބަރު 2017

އުތުރު ކޮރެއާ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ހަމަޖެހިގެން ތިބުމަށް ރަޝިޔާ އިން ގޮވާލައިފި

09 އޮކްޓޯބަރު 2017
އުތުރު ކޮރެއާ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ހަމަޖެހިގެން ތިބުމަށް ރަޝިޔާ އިން ގޮވާލައިފި
28 އޯގަސްޓު 2017

ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި

28 އޯގަސްޓު 2017
ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު