Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްވެހި ފަތިސް

ހުރިހާ މަޝްރޫއެއް މަރުކަޒީކޮށް ނުހިންގޭނެ، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ރައީސް

21 ފެބުރުއަރީ 2020 | ހުކުރު 17:59

މަޝްރޫޢުތައް ހިންގާނެ ފުރިހަމަ އިޚްތިޔާރު ޤާނޫނޫން ވަނީ ކައުންސިލްތަކަށް ދެވިފައި: ރައީސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ފެބުރުއަރީ 2020 | ހުކުރު 17:59
ރައީސް ސޯލިހު ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މި ހިނގާ އަހަރު މުޅި ރާއްޖޭގައި 500 ށް ވުރެ ގިނަ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާކަމަށާއި މަރުކަޒީ ކޮށް އެހުރިހާ މަޝްރޫޢުތައް ހިންގުމަކީ ނާދިރުކަމެއް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް އެމްޑީޕީން ބޭއްވި "ރަށްވެހިފަތިސް" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަށް މިހާރު ދެވިފައިވާ ބާރާއެކީގައި މިފަދަ މަޝްރޫޢުތައް ހިންގާނެ ފުރިހަމަ އިޚްތިޔާރު ޤާނޫނޫން މިވަނީ ކައުންސިލްތަކަށް ދެވިފައިކަމަށެވެ. އެހެންކަމުން ސަރުކާރާ އެކީގައި މިމަޝްރޫޢުތައް ހިންގާނެ ބަޔަކު ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި ހޮވަންޖެހޭ ކަަމަށް ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތަނަށް ބަލާއިރު ވެރިކަން ހިންގުމުގައި ތަރައްޤީގެ މަޝްރޫޢުތައް މަރުކަޒީ އުސޫލުން ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ރަށްތައް ފަޅުވުމުގެ އިތުރަށް އެކަމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަން އޮތީ މާލެއިން ކަމަށެވެ.ތޮށްޖެހިފައިވުމާއިއިޖުތިމާޢީ މައްސަލަތަކުގެ ހާއްޔަކަށްވެފައިވާ ވެރިކަންކުރާ މާލެއަށް އޮތް އެންމެ ބޮޑު ހައްލަކީވެސް ލާމަރުކަޒުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ އަސާސީ ޚިދުމަތްތައް ލިބިގަތުމަށް ރާއްޖޭގެ ރައްޔިތުން މާލެއަށް ޖަމާވާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އަދި ތަރައްޤީގެ ނަމުގައި ކުރި ކަންކަމުން ރައްޔިތުންނަށް އޭގެ ފައިދާ ނުލިބި މާލެއަށް ލިބެމުންއައީ ނިކަމެތިކަންކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެކަމަކީ ތަރައްޤީ ނަމުގައި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އަތޮޅު ތަރައްޤީކުރުމަށާއި ރަށުގެ ތަރައްޤީއަށް އޮތް އުންމީދު ފަނޑުކޮށްލި ވިސްނުމެއްކަމަށާއި އެކަމުގެ ސަބަބުން މުޅި ރާއްޖެ ތަރައްޤީކުރުމަށް ހުރަސް އެޅިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އުމްރާނީ ތަރައްޤީގެ ވާހަކަ ދައްކަމުން އަންނަކަމަށާއި އެއީ މުހިންމު ވާހަކަ އެއްކަމަށެވެ. އެހެންނަމަވެސް 2020 ވަނަ އަހަރާ ހަމައަށް ސާފުބޯފެނާއި ނަރުދަމާ ލިބެން އޮތީ އެންމެ 40 ރަށުން ކަމަށްވާއިރު އެއީ ލަދުވެތި ވާހަކައެއްކަމަށް ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ ރަށްވެހި ފަތިހަކަށް މިއަލިވިލެގެން ދަނީ ގިނަ ތަޖުރިބާތަކެއް ކުރުމަށްފަހު ކަމަށެވެ. ޒަމާންތަކެއް ވަންދެން މުޅި ރާއްޖޭގެ ސިޔާސީ ފިކުރު ބަދަލުކުރުމަށް ވޭންހުރި ބޮޑެތި މަސައްކަތްތަކެއް ކުރުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ ވަރަށް ބޮޑު އުންމީދުގެ ވަގުތުކޮޅެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަރަށް އަސަރާއެކު ވިދާޅުވީ މިއީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެންމެ ދެކެން ބޭނުންވި އެއް ދުވަސް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
21 އެޕްރީލު 2017

ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު

21 އެޕްރީލު 2017
ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު
12 އެޕްރީލު 2017

އެލްޖީއޭގެ އޮނިގަނޑަށް ގެނައި ބަދަލަކީ މަރުކަޒީކޮށް ރައްޔިތުންގެ ބާރުކަނޑުވާލާ ބަދަލެއް: މައުމޫން

12 އެޕްރީލު 2017
އެލްޖީއޭގެ އޮނިގަނޑަށް ގެނައި ބަދަލަކީ މަރުކަޒީކޮށް ރައްޔިތުންގެ ބާރުކަނޑުވާލާ ބަދަލެއް: މައުމޫން
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
13 މާރިޗު 2017

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް
10 މާރިޗު 2017

ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ

10 މާރިޗު 2017
ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް