Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަންވިލާތުގެ ޝީޝާ ބަރތަކަށް ދިން ހަމަލާ

ޝީޝާ ބަރތަކަށް ހަމަލާދިން ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

21 ފެބުރުއަރީ 2020 | ހުކުރު 08:05

މި ޙަމަލާގައި 9 މީހަކު މަރުވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2020 | ހުކުރު 08:05
ޙަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ޓޮބިއަސް އާރ

ޙަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ޓޮބިއަސް އާރ

މިދިޔަ ބުދަ ދުވަހު ޖަރުމަނުގެ ޝީޝާ ބާރ ތަކަކަށް ބަޑީގެ ޙަމަލާތަކެއް ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އޭނާގެ ގޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މި ޙަމަލާގައި 9 މީހަކު މަރުވެފައިވާއިރު، ފުރަތަމަ ޙަމަލާ ދީފައިވަނީ ޖަރުމަނުގެ މެދުތެރޭ އަވަށެއް ކަމަށްވާ ހަނާއުގެ މިޑްނައިޓް ޝީޝާ ބާރ އަކަށެވެ. އެގޮތުން މި ޙަމަލާ ދިނުމަށްފަހު ތުހުމަތު ކުރެވޭ މީހާ ކާރެއްގައި އެ ސަރަޙައްދާއި 2.5 ކިލޯމީޓަރު ދުރުގައި ހުރި "އެރީނާ ބާރ އެންޑް ކެފޭ" ކިޔާ ތަނަކަށްވަދެ އިތުރު ޙަމަލާތަކެއް ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ސަވައިލެންސް ކެމެރާތަކާއި މަންޒަރުދުއް މީހުންގެ އެހީގައި ތުހުމަތު ކުރެވޭ މީހާ (ޓޮބިއަސް އާރ) ދިރިއުޅޭ ގެ ހޯދައި އެގެއަށް ފުލުހުން ދިޔައިރު، ގޭ ތެރޭގައި އޭނާއާއި އޭނާގެ 72 އަހަރުގެ މަންމަ މަރުވެފައި އޮއްވާ ފެނިފައިވާކަމަށާއި، އަދި އެ ދެމީހުން ކައިރީގައި ބަޑިއެއް އޮތް ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ.

މި ޙަމަލާގައި އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ބޮސްނިއާ މީހަކާއި، ބަލްގޭރިއާގެ އިތުރުން ރޮމޭނިއާއަށް ނިސްބަތްވާ މީހެއް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ޙަމަލާއަކީވެސް ނަސްލީ ތަފާތު ކުރުމުގެ ވިސްނުމެއްގެ ތެރެއިން ދީފައިވާ ޙަމަލާއެއްގެ ގޮތުގައި އެކި ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޙަމަލާ ދިން މީހާ ވަނީ އިންޓަރނެޓުގެ ޒަރިއްޔާއިން އެފަދަ މެނިފެސްޓޯތައް ފަތުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން ތުރުކީއާއި އިޒްރޭލް ހިމެނޭ ގޮތަށް 20 ޤައުމެއްގެ ރައްޔިތުންނަކީ "ނައްތާލަން" ޖެހޭ ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ލަންޑަންގައި ހުންނަ ޖަރުމަނުގެ ކައުންޓަރ ޓެރަރިޒަމް އެކްސްޕަރޓްވެސް ވަނީ މި ޙަމަލާއަކީ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ވިސްނުމެއްގެ ދަށުން ދީފައިވާ ޙަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި، ޖޫން މަހުވެސް ޖަރުމަނުގައި އެފަދަ ޙަމަލާތަކެއް ދީފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 މެއި 2018

އެމެރިކާގެ ސްޓޭޓްއަކުން އެބޯޝަންތައް ހުއްޓުވުމަށް ހަރުކަށި ބިލެއް ފާސްކޮށްފި

03 މެއި 2018
އެމެރިކާގެ ސްޓޭޓްއަކުން އެބޯޝަންތައް ހުއްޓުވުމަށް ހަރުކަށި ބިލެއް ފާސްކޮށްފި
27 ޑިސެމްބަރު 2017

މިސްރުގެ ސިނާއިގައި 2013 ވަނަ އަހަރު ހަމަލާދިން ކަމަށް ސާބިތުވި 15 މީހަކު ދަންޖައްސައިފި

27 ޑިސެމްބަރު 2017
މިސްރުގެ ސިނާއިގައި 2013 ވަނަ އަހަރު ހަމަލާދިން ކަމަށް ސާބިތުވި 15 މީހަކު ދަންޖައްސައިފި
22 ޑިސެމްބަރު 2017

އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި

22 ޑިސެމްބަރު 2017
އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި
29 ނޮވެމްބަރު 2017

ކަނާތުފިޔައިގެ ގްރޫޕަކުން ކުރި ޓްވީޓް ރައީސް ޓްރަމްޕް ރީޓްވީޓް ކުރެއްވުމަކީ ގޯހެއް: ޑައުނިންގ ސްޓްރީޓް

29 ނޮވެމްބަރު 2017
ކަނާތުފިޔައިގެ ގްރޫޕަކުން ކުރި ޓްވީޓް ރައީސް ޓްރަމްޕް ރީޓްވީޓް ކުރެއްވުމަކީ ގޯހެއް: ޑައުނިންގ ސްޓްރީޓް
04 އޮކްޓޯބަރު 2017

ލަސްެ ވެގަސް ހަމަލާ:ހަމަލާދިން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ހިނގައްޖެ

04 އޮކްޓޯބަރު 2017
ލަސްެ ވެގަސް ހަމަލާ:ހަމަލާދިން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ހިނގައްޖެ
31 އޯގަސްޓު 2017

މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި

31 އޯގަސްޓު 2017
މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި
19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
30 މެއި 2017

އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި

30 މެއި 2017
އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި
30 މެއި 2017

މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި

30 މެއި 2017
މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް