Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ވެލެންސިއާއަށް

20 ފެބުރުއަރީ 2020 | ބުރާސްފަތި 20:36

ވެލެންސިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް 3-1 އިން ބަލިކޮށްގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ފެބުރުއަރީ 2020 | ބުރާސްފަތި 20:36
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ

ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ވެލެންސިއާ ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލަށް ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ދަތުރުކުރުމުން އެ ދެޓީމު ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭގޮތްވީ ސަސްޕެންޝަނުގެ ސަބަބުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ދެވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮންނަނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓްބޯލަ ދަނޑުގައި ކުޅުނު ފައިނަލް މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަތުން ވެލެންސިއާ މޮޅުވީ 3-1 އިންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް އެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ޕާހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އައިރީ ސަމިއުލް އެވެ.

އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ހުސެއިން ފައިސަލްގެ އެހީއާއެކު ކެޕްޓަން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ ވެލެންސިއާއަށް ލީޑު ނަގާދީފައެވެ. އަދި އެޓީމުން ލީޑު ފުޅާކުރީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އައިރީ ސެމިއުލް ކާމިޔާބުކުރި ލަނޑުންނެވެ.

މެޗަށްފަހު ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފު (ކުޑަ ހީނާ) ބުނީ އަލުން ދެވަނަ ޑިވިޝަނަށް ވެލެންސިއާ ގެންދިޔުމަށް ޓީމުގެ މެނޭޖުމަންޓުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ފައިނަލް މެޗުގައި ފަހަތުން އަރައި މޮޅުވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް ވަނީ ބުނެފައެވެ.

އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިއިރު، އެޓީމަކީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމެކެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ މަހުބަދޫ ސްޕޯޓްސް ކްލަބެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ވެލެންސިއާގެ މުހައްމަދު ޖަޒްލާން ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އާދަމް ނިޒާމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް