Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައު ސީޕްލޭން ޓަރމިނަލް

އައު ސީ ޕްލޭން ޓަރމިނަލް އުނދަގޫތަކާއެކު ސަލާމަތްކޮށްދިނީ މިސަރުކާރުން: ޔައުގޫބް

20 ފެބުރުއަރީ 2020 | ބުރާސްފަތި 08:31

މިކަންތައް މާލިއްޔަތު ކޮމިޓީން މިހާރު ނިންމާފައި އެވަނީ ދައުލަތަށް އެންމެ ގެއްލުންކުޑަ ވާނެ ގޮތަކަށްކަމަށް ޔައުގޫބް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 08:31
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިގު މުއްދަތަކަށް ދިނުމަށް މިދިޔަ ސަރުކާރުން ނިންމާ އެގްރިމެންޓްގައި ސޮއިކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ލިބެން އޮތް ބޮޑުގެއްލުމުން އުނދަގޫތަކާއެކު ސަލާމަތްކޮށްދިނީ މިސަރުކާރުން ކަމަށް ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިމައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވާ މިކަމުގައި އިސްދައުރެއް އަދާކުރެއްވި ޔައުގޫބް ވިދާޅުވީ މިކަންތައް މާލިއްޔަތު ކޮމިޓީން މިހާރު ނިންމާފައި އެވަނީ ދައުލަތަށް އެންމެ ގެއްލުންކުޑަ ވާނެ ގޮތަކަށްކަމަށެވެ. އަދި އެގޮތަށް ނިންމިގެން މިދިޔައީ ރައްޔިތުންގެ މަޖިލީހާއި މިއަދުގެ ސަރުކާރުން މިކަމުގައި ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ޔައުޤޫބް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޔައުގޫބް ވިދާޅުވީ މިހާރު ނިމިގެން މިދިޔަ ގޮތުން 800 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ދެ އަހަރު ދުވަހުގެ ތެރޭގައި ރިކަވަރ ކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އޮޑިޓަރ ޖެނެރަލް ހައްދަވާފައިވާ އޮޑިޓުން އެމްއޭސީއެލް އިން ޓަރމިނަލް ހިންގާނަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓް ރިކަވަރވަރު ވާނެކަމަށް ޔައުގޫބް ވިދާޅުވި އެވެ. ޔައުގޫބް ވިދާޅުވީ މިމައްސަލައަށް ބަލާއިރު އެއްކޮޅުގައި އޮތީ ފޮރިން އިންވެސްޓްމެންޓެއްކަމަށާއި އެހެންކަމުން މިމައްސަލާގައި ގޮތްތަކެއް ނިންމާއިރު ދަތިތަކެއް ސަރުކާރަށް ކުރިމަތިވާނެ ކަމަށެވެ.

މިސަރުކާރުން ދެ އަހަރު ދުވަހަށް އައު ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމުމާއެކު އެކަމަށް ފާޑުކިޔާ ފަރާތްތަކަށް ޖަވާބު ދެއްވަމުން ޔައުގޫބް ވިދާޅުވީ މިކަމުގައި އޮތީ ޓީއެމްއޭއާއެކު އެގްރިމެންޓެއްގައި ސޮއިކޮށްފައި ނޫންކަމަށެވެ. އެހެންނަމަވެސް ޑީލް ކުރަމުން ގެންދިޔައީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުންނާކަމަށް ޔައުގޫބް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންނަށް އެއްވެސް ވަރަކަށް ގެއްލުންނުވެ މިކަން ނިމިގެންދާނެ އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

އައު ސީޕްލޭން ޓަރމިނަލްގެ އިމާރާތުގެ އުމުރަކީ 20 އަހަރު ކަމަށާއި އެހެންކަމުން މިހާރު އޮތްގޮތުން 18 އަހަރު އެމްއޭސީއެލް އަށް ޓަރމިނަލް ހިންގުމަށް ލިބޭނެކަމަށެވެ. ނަމަވެސް ކުރިން އޮތްގޮތުން އެފުުރުސަތު ލިބިގެންނުދާކަމަށް ޔައުގޫބް ވިދާޅުވި އެވެ. އެހެންކަމުން ގެއްލުންތަކެއް ލިބުނުނަމަވެސް މިހާރުގެ މިނިންމުމުން މުޅި މަންޒަރަށް ބަލާއިރު ފައިދާވާކަމަށް ޔައުގޫބް ވިދާޅުވި އެވެ.

މިމައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓަށް ބަލާލާއިރު މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި 2015 ވަނަ އަހަރުން ފެށިގެން އައު ސީ ޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމުގެ މަޝްވަރާތައް އައީ ކުރަމުންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެމަސައްކަތް ބާރު މިނެއްގައި ކުރެވި މިސަރުކާރު އިންތިޚާބުވެ ހުވާކުރުމާއި ހަމައަށް އޮތް މުއްދަތުގައި ޓީއެމްއޭއާއެކު އެގްރިމެންޓްގައި ސޮއިކުރުމާ ހަމައަށް ވަނީ އައިސްފަ އެވެ. ނަމަވެސް ކޮންމެސް ސަބަބަކާހުރެ އެގްރިމެންޓްގައި ސޮއިކުރެވިފައިނުވާކަން އޭސީސީގެ ރިޕޯޓުން ހާމަވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް