Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީ ޕްލޭން ޓަރމިނަލްގެ މައްސަލަ

ސީޕްލޭން ޓަރމިނަލް ދޫކުރުމުގެ ކަންކަން ކުރީ އެމްޑީ އާދިލްގެ އިރުޝާދުގެ ދަށުން: ފަޒީލް

19 ފެބުރުއަރީ 2020 | ބުދަ 18:18

މަތިންދާބޯޓުތަކުގެ ހިދްމަތްތައް ފިޔަވާ، ވިޔަފާރީގެ ހުރިހާ މުއާމަލާތްތައް ހިންގަނީ ފަޒީލްގެ ބެލުމުގެ ދަށުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ފެބުރުއަރީ 2020 | ބުދަ 18:18
އެމްއޭސީއެލްގެ ޖެނަރަލް މެނޭޖަރ ކޮމާޝަލް، ހުސައިން ފަޒީލް: މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި

އެމްއޭސީއެލްގެ ޖެނަރަލް މެނޭޖަރ ކޮމާޝަލް، ހުސައިން ފަޒީލް: މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި

އައު ސީ ޕްލޭން ޓަރމިނަލް ޓީއެމްއޭ އަށް ކުށްޔައް ދިނުމުގެ ހުރިހާ ކަމެއް ގެންގޮސްފައިވަނީ، އެމްއޭސީއެލްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާގެ ލަފަޔާ އިރުޝާދުގެ ދަށުން ކަމަށް އެމްއޭސީއެލްގެ ނޮން އެއިރޯ ކޮމާޝަލް ޑިޕާޓްމަންޓްގެ، ޖެނަރަލް މެނޭޖަރ ކޮމާޝަލް، ހުސައިން ފަޒީލް ވިދާޅުވެއްޖެ އެވެ.

ޓީއެމްއޭއަށް ސީ ޕްލޭން ޓަރމިނަލް ނުއަގުގައި ދިނުމަށް އެމްއޭސީއެލުން ވެފައިވާ އެއްބަސްވުމާ ގުޅިގެން މާލިއްޔަތު ކޮމެޓީން ބުދަ ދުވަހު ވަނީ ފަޒީލުއާ ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުވާފަ އެވެ. ފަޒީލް ވިދާޅުވީ، އޭނާއަކީ ސީދާ މަތިންދާ ބޯޓާ ގުޅުންހުރި ހިދްމަތްތައް ފިޔަވާ، އެއަރޕޯޓްގައި ގާއިމުކުރެވޭ ވިޔަފާރި އުސޫލުން ހިންގޭ ތަންތަނުގެ މުއާމަލާތްތައް ކުރުމަށް އުފައްދާފައިވާ ކޮމާޝަލް ސެކްޝަންގެ ޖެނެރަލް މެނޭޖަރު ކަމަށްވާތީ، އައު ސީ ޕްލޭން ޓަރމިނަލްގެ ކުއްޔަން ދިނުމުގައި ޓީއެމްއޭއާއެކު ހިންގާފައިވާ މުއާމަލާތްތައް ހިންގާފައިވަނީ އޭނާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ފަޒީލް ވިދާޅުވީ، އައު ސީ ޕްލޭން ޓަރމިނަލް ޓީއެމްއޭއާއެކު ކުރެވިފައިވާ މަަޝްވަރާތަކާއި އެއްބަސްވުންތަކަކީ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓް، ހާއްސަކޮށް އޭރުގެ އެމްޑީ އާދިލްގެ މަޝްވަރާގެ މަތިން ކުރައްވާފައިވާ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ޓީއެމްއޭއަށް ސީ ޕްލޭން ޓަރމިނަލް ކުށްޔަން ދިނުމުގެ ޕްރޮޕޯޝަލްގައި ސޮއިކުރައްވާފައިވަނީ ވެސް އޭނާ ކަމަށް ފަޒީލް ވިދާޅުވި އެވެ. އަދި ސީ ޕްލޭން ކުއްޔަށް ދިނުމަށް ހަދަފައިވާ ޕްރޮޕޯޝަލަކީ އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ނިންމުމެއްކަން ލިޔުމުން ފެންނަން ނެތަސް، ސީ ޕްލޭން ޓަރމިނަލް ކުށްޔަށް ދޫކުރުުގެ ޕްރޮޕޯޝަލްތަކާއި އަދި ޓީއެމްއޭއަށް ކުއްޔަށް ދޭން ނިންމާފައިވާ ނިންމުންތައް އެމްއޭސީއެލްގެ ބޯޑަށް އެނގޭނެކަމަށް ގަބޫކު ކުރައްވާ ކަމަށާއި އެއީ ކުންފުނީގެ އެމްޑީ އާއި ކުންފުނީގެ ސެކެރެޓަރީ އަށް މިކަމުގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ. އަދި ކޮންމެ ކަމެއް ނިންމާފައިވާނީ އެމްޑީ އާދިލްގެ ލަފަޔާއާއި އިރުޝާދުގެ ދަށުން ކަމަށާއި، ޓީއެމްއާއެކު އެންމެފަހުން ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށާއި އެ ބައްދަލުވުމުގައި ޓީއެމްއޭއަށް ކުޔަށްދޭން ނިންމާފައިވާ އެއްބަސްވުމުގައި ސޮއިކޮށް، އަވަހަށް ކުށްޔަން ދިނުމަށް ބޭނުންވާ ކަމަށް އާދިމް ވިދާޅުވެފައިވާ ކަމަށްވެސް ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ، ސީ ޕްލޭން ޓަރމިނަލް ކުއްޔަށް ދިނުމުގެ ޕްރޮޕޯޝަލެއްގެ ޕްރެޒެންޓޭޝަނެއް ކުންފުނީގެ ބޯޑަށް ހުށަހެޅުއްވި ކަމަށެވެ. އަދި ކުންފުނީގެ މެނޭޖްމަންޓުން ދެކޭގޮތުގެ، ރެންޓަލް ރޭޓް ނެގޭނެ ފަސް ސިނޭރިއޯއެއް އެ ޕްރެޒެންޓޭޝަނުގައި ހިމެނޭނެ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ، ޓީއެމްއޭއަށް ސީ ޕްލޭން ޓަރމިނަލް ކުށްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކީ އެމްއޭސީއެލަށް އެންމެ ފައިދާވާގޮތަށް އޮތް އެއްބަސްވުމެއް ނޫން ކަމަށް އޭނާވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އޭނާ އެއެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ އިންވެރިނާއެކު ކުރެވިފައިވާ މަޝްވަރާތަކުގެ ދަށުން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން އެމްއޭސީއެލަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި ވަނީ ފައިދާ ކަމަށް ފަޒީލް ވިދާޅުވި އެވެ. ނަމަވެސް އެއީ އެމްއޭސީއެލަށް އެންމެ ރަނގަޅު އެއްބަސްވުން ނޫންކަމަށްވެސް ފަޒީލް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީންގެ މެމްބަރުން ވިދާޅުވީ އެމްއޭސީއެލްގެ ބޯޑު މެމްބަރުން ކޮމެޓީއަށް ވަޑައިގެން ދެއްވި މައުލޫމާތުތަކުގައި އައު ސީ ޕްލޭން ޓަރމިނަލް ކުށްޔަށް ދޫކުރުމުގައި އެބޯޑުގެ އެއްވެސް ނިންމުމެއް ނޯންނާނެ ކަމަށާއި އެކަން ހިނގާދިޔަގޮތް ކުންފުނީ ބޯޑަށް ނޭނގޭ ކަމަށް ބޯޑު މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް ފަޒީލް ވިދާޅުވީ، ސީ ޕްލޭން ކުށްޔަން ދިނުމުގެ ހުރިހާ ކަމެއް ކޮށްފައިވާނީ ކުންފުނީގެ ކުރީގެ އެމްޑީ އާދިލްގެ އިރުޝާދުގެ ދަށުން ކަމަށާއި އަދި ކުންފުނީގެ ސެކެރެޓަރީއަށް ވެސް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް