Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންގެ މަހާސިންތާ

އިންސާފު ދޭން ޖެހޭނީ ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލުން: އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންގެ ހުވާ މަތީގައި ދެމިތިބުމަށް އަބަދުވެސް މަސައްކަތް ކުރަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ފެބުރުއަރީ 2020 | ބުދަ 05:09
އުއްތަމަ ފަނޑިޔާރު މުއްތައްސިމް އަދުނާނު

އުއްތަމަ ފަނޑިޔާރު މުއްތައްސިމް އަދުނާނު

އިންސާފު ދޭން ޖެހޭނީ ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލަކުން ކަމަށް އުއްތަމަ ފަނޑިޔާރު މުއްތައްސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ދަރުބާރުގޭގައި އޮތް ފަނޑިޔާރުންގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުންނަކީ ވަކި ހުވައެއް ކޮށްގެން ތިބޭ ބައެއް ކަމަށާއި، އެ ހުވާ މަތީގައި ދެމިތިބުމަށް އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، އިންސާފު ލިބުމުގައި އެމީހެއްގެ މާލީ ފެންވަރާއި، ނަސްލީ ގޮތުންވެސް ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށާއި، އިންސާފުގެ ކުރިމައްޗަށް އަންނަ ކޮންމެ މީހަކަށްވެސް ހަމަހަމަ އުސޫލެއް އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި މިހާރަކަށް އައިސް ކުޑަކުދިންނަށް ގޯނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރައްވައި އެކަމަށްވެސް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ޤާނޫނު ވަރަށް ރަނގަޅަށް ޑްރާފްޓް ކުރެވި ވަކި ހަމަތަކެއް ކަނޑައެޅިފައިވާ ކަމަށާއި، ޤާނޫނުގައި އޮންނަ ގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަދި އެކަމުގައި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް މިއަދުގެ މަހާސިންތާގައި މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރުވެސް ވާހަކަދައްކަފުޅު ދައްކަވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި އެކަމުގެ ހައްލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ދަރުބާރުގޭގައި ފެށި މި މަހާސިންތާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. އެގޮތުން މި މަހާސިންތާގައި ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި ގުޅޭ މަޝްވަރާތައް ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު