Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީމެކް

ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ސީމެކްއިން ފާޚާނާ ބަރިއެއް ހަދިޔާކޮށްފި

19 ފެބުރުއަރީ 2020 | ބުދަ 03:37

ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭ: ލިއު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ފެބުރުއަރީ 2020 | ބުދަ 03:37
ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ސީމެކްއިން ފާޚާނާ ބަރިއެއް ހަދިޔާކުރިކަމުގެ ލިޔުން ހަވާލުކުރަނީ

ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ސީމެކްއިން ފާޚާނާ ބަރިއެއް ހަދިޔާކުރިކަމުގެ ލިޔުން ހަވާލުކުރަނީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާގެ ސީމެކް ކުންފުނިން ފާޚާނާ ބަރިއެއް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީމެކް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ހެދި ފާޚާނާ ބަރި ނިންމައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި ތަން ހަވާލުކޮށްދެއްވީ ސީމެކްގެ ފަރާތުން އެކުންފުނީގެ ރާއްޖެ އޮފީހުގެ އެންމެ އިސްވެރިޔާ ލިއު ޝިއާއޯޑާއެވެ. އަދި އެޗްޑީސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ޗެއަރމަން ސުހައިލް އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ސީމެކުން ރާއްޖޭގައި އޮޕަރޭޓްކުރަން ފެށިފަހުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާހުރި ޕްރޮޖެކްޓްތައް ހިންގާފައިވާކަމަށެވެ. ޚާއްސަކޮށް ހުޅުމާލޭގައި އެކުންފުނިން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓްތައް އޭނާ ފާހަގަކުރެއްވިއެވެ.

ސީމެކްގެ ފަރާތުން ވާހަކަ ދައްކަވަމުން ލިއު ޝިއާއޯޑާ ވިދާޅުވީ ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ސިޓީފުޅެއް ފޮނުއްވިކަމާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއިއެކުކަން ހާމަކުރައްވައި މެސެޖެއް ފޮނުއްވިކަން ލިއު ފާހަގަކުރެއްވިއެވެ. ހަމައެއާއިއެކު، ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް 1 މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދިވެހިންނާއި ޗައިނާއިން ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ވެސް ލިއު ވިދާޅުވިއެވެ.

އައިސޮލޭޝަން ފެސިލިޓީގައި ޤާއިމްކުރި ފާޚާނާތަކުގެ އިތުރުން މި ރަސްމިއްޔާތުގައި ސީމެކުން ވަނީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ހަދިޔާކޮށްފައެވެ. އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި އެރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންނަށް ތަހުގީގު ހިންގައި، އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައި، 7 މެންބަރަކު އައްޔަނުކުރައްވައިފި

އިތުރަށް ކިޔާލަން

18 މާރިޗު 2020

ހިޔާ، ފިޔަވަތި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމުކުރަނީ

18 މާރިޗު 2020
ހިޔާ، ފިޔަވަތި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމުކުރަނީ
11 މާރިޗު 2020

ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއް ގޭގައި އެކަހެރިކޮށްފި

11 މާރިޗު 2020
ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއް ގޭގައި އެކަހެރިކޮށްފި
09 މާރިޗު 2020

ކުރެއްދޫ އައިސޮލޭޝަންގައި ތިބި 90 މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ: މަބްރޫކް

09 މާރިޗު 2020
ކުރެއްދޫ އައިސޮލޭޝަންގައި ތިބި 90 މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ: މަބްރޫކް
08 މާރިޗު 2020

ކުރެއްދޫގައި 93 މީހަކު ރޫމް އައިސޮލޭޝަންގައި، ބަތަލާގައި 11 މީހަކު ރޫމް ކަރަންޓީން ކޮށްފަ

08 މާރިޗު 2020
ކުރެއްދޫގައި 93 މީހަކު ރޫމް އައިސޮލޭޝަންގައި، ބަތަލާގައި 11 މީހަކު ރޫމް ކަރަންޓީން ކޮށްފަ
08 މާރިޗު 2020

ކޮވިޑް-19: ށ، ފޯކައިދޫ މީހަކު އެރަށުން، ކަރަންޓީނު ފެސިލިޓީއަށް ގެންދަނީ

08 މާރިޗު 2020
ކޮވިޑް-19: ށ، ފޯކައިދޫ މީހަކު އެރަށުން، ކަރަންޓީނު ފެސިލިޓީއަށް ގެންދަނީ
06 މާރިޗު 2020

ފަރުކޮޅުފުށީގައި 6 މީހަކު ކަރަންޓީންކޮށްފައިވޭ: އަލީ ވަހީދު

06 މާރިޗު 2020
ފަރުކޮޅުފުށީގައި 6 މީހަކު ކަރަންޓީންކޮށްފައިވޭ: އަލީ ވަހީދު
08 ފެބުރުއަރީ 2020

ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ހެލްތު މިނިސްޓަރު ޒިޔާރަތް ކުރައްވައިފި

08 ފެބުރުއަރީ 2020
ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ހެލްތު މިނިސްޓަރު ޒިޔާރަތް ކުރައްވައިފި
29 ޖެނުއަރީ 2020

ކޮރޯނާވައިރަސް އަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފި

29 ޖެނުއަރީ 2020
ކޮރޯނާވައިރަސް އަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފި
27 ޖެނުއަރީ 2020

ދާއިމީ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ހެލްތު މިނިސްޓަރ

27 ޖެނުއަރީ 2020
ދާއިމީ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ހެލްތު މިނިސްޓަރ
25 ސެޕްޓެމްބަރު 2019

އާންމުންނަށް ހިލޭ ދެވޭގޮތަށް، ފަރުކޮޅުފުށީގައި ޖޮބްފެެއާރއެއް ބާއްވަނީ

25 ސެޕްޓެމްބަރު 2019
އާންމުންނަށް ހިލޭ ދެވޭގޮތަށް، ފަރުކޮޅުފުށީގައި ޖޮބްފެެއާރއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް