Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރޯނާވައިރަސް

ކޮރޯނާވައިރަސް އަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފި

ކޮރޯނާ ވައިރަސް އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖެނުއަރީ 2020 | ބުދަ 17:39
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވަނީ

ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވަނީ

ކޮރޯނާ ވައިރަސް އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކުގަ އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ދުރާލާ އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެއަރޕޯޓްތަކާ ހޮސްޕިޓަލުތަކުގައި އަޅާވާފައިވާ ފިޔަވަޅުތަކާއި ރަށު ފެންވަރުގައި އަޅާވާފައިވާ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އޭގެ ތެރޭގައި މި ވައިރަސްއަށް ޚާއްޞަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި 4 އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ޤާއިމުކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާކަމަށާއި، މިބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް 3 އެންބިއުލަންސް މިހާރު ޚާއްޞަކުރެވިފައިވާކަމަށާއި، ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ޤައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ތައްޔާރު ކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ރިޒޯޓްތަކާއި، ސަފާރީ އުޅަނދުތަކާއި އަދި އެ ނޫންވެސް ފަތުވެރިންނާ ގުޅޭ ޚިދުމަތްތައްދޭ ތަންތަނުން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ވަނީ މިކަމާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީއާ އަދި ޓުއަރިޒަމް ދާއިރާގެ ކަމާބެހޭ ހުރިހާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން އެއަރޕޯޓުތަކުގައި ޚާއްޞަ ފިޔަވަޅުތައް އެޅުއްވުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް!

11 ޖޫން 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް!
10 ޖޫން 2017

ހުޅުމާލޭގައި އެކްސިޑެންޓްވި މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ: ފުލުހުން

10 ޖޫން 2017
ހުޅުމާލޭގައި އެކްސިޑެންޓްވި މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ: ފުލުހުން
09 ޖޫން 2017

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ

09 ޖޫން 2017
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ
28 އެޕްރީލު 2017

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

28 އެޕްރީލު 2017
ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު