Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ގަސްކާނާ އުފައްދާ ދަނޑުވެރިންނަށް ބަހަނީ

މި މެޝިނުގައި ކައިފައި ބާކީ ހުންނަ ތަކެތި 100 ކިލޯ އަށް އެޅުމުން 36 ކިލޯގެ ގަސްކާނާ އުފެއްދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ފެބުރުއަރީ 2020 | ހޯމަ 20:16
ކުލައިން ހޮޓެލްސްގެ ފަރާތުން މަޖިލީހަށް މެޝިން ހަވާލުކުރުމުގެ ތެރެއިން

ކުލައިން ހޮޓެލްސްގެ ފަރާތުން މަޖިލީހަށް މެޝިން ހަވާލުކުރުމުގެ ތެރެއިން

މިދިޔަ ބުރާސްފަތި ދުވަހު، ކްލައިން ހޮޓެލްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަދިޔާކުރި އިކޮލޮޖިކަލް ފުޑް ރީސައިކްލިންގ މެޝިނުން ގަސްކާނާ އުފެއްދެމުންދާ ކަމަށާއި އެހެންކަމުން މެމްބަރުންގެ ތެރެއިން ދަނޑުވެރިކަން ގިނައިން ކުރާ ދާއިރާތަކަށް ބެލުމެއްގެ ދަށުން ގަސްކާނާ ދޫކުރުމަށް ގަސްތުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ބާކީވާ ކާނާ ރީސައިކަލް ކުރުމަށް އިކޮލޮޖިކަލް ފުޑް ރީސައިކަލް މެޝިނެއް ވަނީ ހަދިޔާ ކޮށްފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި މެޝިނުގައި ކައިފައި ބާކީ ހުންނަ ތަކެތި 100 ކިލޯ އަށް އެޅުމުން 36 ކިލޯގެ ގަސްކާނާ އުފެއްދޭކަމަށް އިދާރީ މޭޒުން މައުލޫމާތުދޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަމަށް ބޭނުންވެވަޑައިގަންނަވާ ބޭފުޅުން އަމީންޢާއްމު އަރިހުގައި ގަސްކާނާއަށް އެދިވަޑައިގަތުމުން، ގަސްކާނާ ހުރި މިންވަރަކުން ދޫކުރަމުން ގެންދާނެކަމަށެވެ. އެގޮތުން މެންބަރުން އަމީންޢާއްމަށް ޓެކްސްޓު މެސެޖެއް ކޮށްލެއްވުމުން އެކަން ހަމަޖެހިގެންދާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާމިގިނލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ކޮންމެ ރިސޯޓަކަށް އެފަދަ މެޝިނެއް ގަތުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާކަމަށެވެ.

އިންސިނެރޭޓަރު ހަދިޔާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ފަރާތުން އިންސިނެރޭޓަރާ ހަވާލުވެވަޑައިގަތީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމިޝަނާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމިޝަނަކީ މަޖިލީހަށް މުހިންމު މެޝިނެއްކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު