Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނާ މައުމޫން/ ޕީޕީއެމް މެމްބަރު ޝިޔާމް

ހުޅުމާލެއަކީ ޔާމީންގެ ސިޓިއެކޭ ޝިޔާމް ވިދާޅުވުމުން ޔުމްނާ ރައްދުދެއްވައިފި

17 ފެބުރުއަރީ 2020 | ހޯމަ 06:37

ޔުމްނާ ވިދާޅުވަނީ އެއީ ރައީސް މައުމޫންގެ ވިސްނުންފުޅެއް އަދި މަސައްކަތެއް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ފެބުރުއަރީ 2020 | ހޯމަ 06:37
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

ހުޅުމާލެ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވުމާ ގުޅިގެން އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރައްދުދެއްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޝިޔާމް ވިދާޅުވީ ހުޅުމާލެއަށް އެހެން ކުލަކުލައިގެ ކެންޑިޑޭޓުން ކުރިމަތިލައްވަން ކަމުނުދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ އަކީ ކުރީގެ ރައީސް އަދި އެކަމަނާގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމްގެ ވިސްނުންފުޅެއް ކަމާއި އަދި އެމަސައްކަތް ކުރެއްވީވެސް ރައީސް މައުމޫންކަން އެންމެނަށްވެސް އެނގޭނެ ކަމަށެވެ. އަދި އެކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމު ވިދާޅުވެފައިވަނީ، މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވަން އެމްޑީޕީގެ ކެންޑިޑޭޓުން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލްގެ މިދިޔަ ދެ ދައުރުގައި ވެސް މާލޭގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މާލޭގެ ކަންކަން ހަމައަކަށް ނޭޅުވުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ މެމްބަރުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާން ވެސް ލަދުގަންނަން ޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވިއިރު، ޕީޕީއެމަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ބޭނުންވާ ސިޔާސަތެއް އޮތް ބައެއް ނޫންކަން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި، ލާމަރުކާޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސިޓީ ކައުންސިލްތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ބާރުތައް ނަގައި ކަމާ ގުޅުންހުރި ކަންކަން މިނިސްޓްރީތަކުގެ މެންޑޭޓްގެ ތެރޭގައި ހިމަނާފައި ވެއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ހުރިހާ ބާރުތަކެއް ހައުންސިން މިނިސްޓްރީއާއި ގުޅުންހުރި މިނިސްޓަރީތަކަށް ނަގާފައިވާއިރު، ކައުންސިލްތަކުގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްފަ އެވެ.

މީގެއިތުރުން ގިނަ ކައުންސިލްތަކަކާއި ކައުންސިލަރުންތަކެއް ސަސްޕެންޑްކޮށް، އެކިއެކި ފިޔަވަޅުތައް އަޅާފައިވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސާ ވައުދުފުޅާއި އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި އެމްޑީޕީން ވެފައިވާ އެޕާޓީގެ "އެޖެންޑާ 19"ގެ ވައުދާ އެއްގޮތަށް ލާމަރުކަޒީ ގާނޫނު މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްލާހުކޮށް، އަމަލު ކުރަންފަށާފަ އެވެ. އެގޮތުން މިހާރު އެގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހުތިޞާސް ހިނގާ ބިންތަކާއި އިގްތިޞާދީ ހަރަކާތްތަކާއި އިޖުތިމާއި އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިފައިވާއިރު، ދައުލަތުގެ ބަޖެޓުން ބޮޑުބައެއް ކައުންސިލްތަކަށް ލިބިދޭގޮތަށް އަދި އިތުރު މާލީ ބާރުވެރިކަންވެސް ވަނީ ގާނޫނުން ދީފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް