Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރު

އަނަސްގެ މަރު: ދައުވާ ލިބޭ ފަރާތަކަށް ލިއެކިއުންތައް ލިބިފައިނުވާތީ ހެކިބަސް ނުނަގާ

އަނަސް މަރާލީ ގަލޮޅު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2020 | ބުރާސްފަތި 12:28
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ވަޅިން ޙަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތަކަށް ލިއެކިއުން ލިބިފައިނުވާތީ ހެކިބަސް ނެގުމުގެ އަޑުއެހުން ފަސްކޮށްފިއެވެ.

މި މައްސަލައިގައި އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީގޮތުން ބައިވެރިވިކަމުގެ ދަޢުވާލިބޭ 3 މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުއެވެ.

އޭގެ އިތުރުން، އަނަސް މަރާލުމުގެ ބައިވެރިވިކަމުގެ ދަޢުވާ 4 މީހެއްގެ މައްޗަށް ކޮށްފައިވާއިރު، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

މި މައްސަލައިގައި ހެކިބަސް ނެގުމަށް ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އަނަސް މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާލިބޭ ޖުނައިޙުގެ މިހާރުގެ ވަކީލު އާދަމް އާސިފް ވިދާޅުވީ، މި މައްސަލައިގައި ޖުނައިޙުގެ ފަރާތުން ކުރިން ވަކާލާތު ކޮށްފައިވަނީ އެހެން ވަކީލެއް ކަމަށާއި، އެހެންވުމާއެކު އޭނާއަށް މި މައްސަލައިގެ ލިއެކިއުންތައް ލިބިފައިނުވާ ކަމަށެވެ.

އެގޮތުން ޓެކްސީ ޑްރައިވަރ ޤާސިމް ހަސަންގެ މަރުގެ މައްސަލައިގައި ދާދި ފަހުން ބޭއްވި އަޑުއެހުމުގައިވެސް ދިފާއީ ވަކީލަށް ލިއެކިއުންތައް ލިބިފައިނުވާތީ އެ އިންތިޒާމް ހަމަޖައްސައި އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކޮށްދީފައިވާތީ މި މައްސަލައިގައިވެސް އެކަމަށް ރިއާޔަތް ކުރެއްވުމަށް ދިފާއީ ވަކީލުން އެދިފައިވެއެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި އޮފިސަރާއި، ވީޑިއޯ އެންޑް އިމޭޖް އަނާލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ހެކިބަސް ދިނުމަށް ހާޒިރުވެ ތިބި ނަމަވެސް ދިފާއަށް ލިއެކިއުންތައް ލިބިފައިނުވާއިރު ހެކިބަސް ނެގުމަކީ ދިފާއުވުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ދައުލަތުންވެސް ފާހަގަކޮށްފައިވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަމަށް ރިއާޔަތް ކުރައްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އުސްތާޛް މުޙައްމަދު ސަމީރް ވަނީ މި މައްސަލައިގެ ސިއްރުން ހެކިން ފިޔަވައި ދެން ތިބި ހެކިވެރިންގެ ހެކިބަސް ނެގުން އަންނަ މާރޗް މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 13:30 އަށް ތާވަލުކޮށްފައެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ސިއްރުނޫން 4 ހެކިންގެ ހެކިބަސް ނެގުމަށް އެ ދުވަހު މަސައްކަތް ކުރާނެކަން ދައުލަތުންވެސް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރާއިރު، އަނަސްގެ މަރާއި ގުޅިގެން ޢާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ޙަމަލާދީފައިވެއެވެ.

ލިޓަސް ސަރވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސް އަށް ޙަމަލާދިން އެންމެން ވެސް ތިބީ މާސްކް އަޅައިގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު