Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު

ނިއުރޭޑިއަންޓް އަލުން ކޮޅަށް ޖެހުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެހީވަނީ

މިދިޔަ އަހަރު ނިއުރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ މުސާރައިގެ މައްސަލައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ފެބުރުއަރީ 2020 | ބުރާސްފަތި 08:08
ނިއުރޭޑިއަންޓުގެ ސަޕޯޓަރުންނާ ވަޒީރު ބައްދަލުކުރައްވަނީ

ނިއުރޭޑިއަންޓުގެ ސަޕޯޓަރުންނާ ވަޒީރު ބައްދަލުކުރައްވަނީ

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށްޓަކައި ކުޅިވަރާ ބެހޭ ވުޒާރާއިން އެހީވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚުލޫފް ވިދާޅުވެއްޖެ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓުގެ ސަސްޕެންޝަން މިދިޔަ އަހަރު އެފްއޭއެމްގެ އަހަރީ ޢާންމު ޖަލްސާގައި ކްލަބުތަކުން ވަނީ ދަމަހައްޓާފައެވެ.

އެކަމަކު މިއަހަރުގެ މާޗު މަހު އޮންނަ އަހަރީ ޢާންމު ޖަލްސާގައި އެ ސަސްޕެންޝަން އުވާލުމުގެ ފުރުޞަތު އެބައޮތެވެ. އެއާއެކު ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އަންނަނީ ނިއުރޭޑިއަންޓަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ބުރާސްފަތި ދުވަހު ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ނިއުރޭޑިއަންޓް އަލުން ކޮޅަށް ޖެހުމަށް އެ ވުޒާރާއިން އެހީވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ނިއުރޭޑިއަންޓުގެ ސަޕޯޓަރުންގެ ޓީމެއް ވަޒީރާ ބައްދަލުކުރެއްވިއިރު، މާލީ ގޮތުން އެހީ ހޯދުމަށް ނިއުރޭޑިއަންޓުގެ ޚާއްޞަ ޖަރޒީއެއް ވިއްކުމަށް ސަޕޯޓަރުން ވަނީ ނިންމާފައެވެ. އެގޮތުން ޖާޒީއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާ އަށެވެ.

ނިއުރޭޑިއަންޓުގެ ޗެއަރމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވުމާ އެކު، ސައްޔިދު އަލީ އެކްޓިން ޗެއަރމަނަކަށް ހަމަޖައްސާ ބޯޑް މެންބަރުންނާއި، ސަޕޯޓަރުން ހިމެނޭ ގޮތަށް މީގެ ކުރިން ވަނީ ކޮމެޓީއެއް އުފައްދާފައެވެ. އަދި އެ ކޮމިޓީންވެސް މީގެ ކުރިން ވަނީ ނިއުރޭޑިއަންޓުގެ ދަރަނިތައް ދެއްކުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

ފުޓްބޯޅައިގެ ހުރިހާ ކަމަކުން މިދިޔަ އަހަރު ނިއުރޭޑިއަންޓް ސަސްޕެންޑު ކުރިއިރު، ނިއުރޭޑިއަންޓުން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތްލައްކަ ތިންހާސް ހަތްސަތޭކަ ހަތް ރުފިޔާ) ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސްލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސްދެ ރުފިޔާ) ދޭންވެސް ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު