Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދިރިއުޅުމަށްޓަކައި ތަންތަން ކުއްޔަށްދިނުމަށް ވެވޭ އެއްބަސްވުން ރަޖިސްޓްރީކުރުން ލާޒިމުކުރަނީ

12 ފެބުރުއަރީ 2020 | ބުދަ 16:08

އެއްވެސް ތަނެއްގައި 6 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނީ ލިޔުމުންވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ފެބުރުއަރީ 2020 | ބުދަ 16:08
ކުއްޔަށްދޭ ތަންތަނާއި ގުޅޭގޮތުން ވެވޭ އެއްބަސްވުމުގެ މައްސަލަތައް ގިނަ

ކުއްޔަށްދޭ ތަންތަނާއި ގުޅޭގޮތުން ވެވޭ އެއްބަސްވުމުގެ މައްސަލަތައް ގިނަ

ދިރިއުޅުމަށްޓަކައި ތަންތަން ކުއްޔަށްދޭ ފަރާތާއި, ކުއްޔަށް ހިފާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުން ރަޖިސްޓްރީކުރުން ލާޒިމުވާގޮތަށް ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ބެހޭ އެންމެހާ ކަންކަން ހިމެނޭގޮތަށް ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެބިލުގެ ބަހުޘް ފަށައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް މިބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މުލަކު ދާއިރާގެ މެންބަރ އިބްރާހީމް ނަސީރެވެ. މިބިލު ހުށަހަޅުއްވަމުން ނަސީރު ވިދާޅުވީ މިބިލު ޤާނޫނަކަށްވުމުން ރާއްޖޭގެ އެއްވެސް ތަނެއްގައި 6 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނީ މިބިލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާފަރާތާއި ދެމެދު ލިޔުމުންވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށެވެ.

Advertisement - newsAdvertisement

ބިލު ހުށަހަޅުއްވަމުން އިބްރާހީމް ނަސީރު ވިދާޅުވީ މިބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރުކުއްޔަށް ދިނުމާ ގުޅިގެން ކުއްޔަށް ހިފާ ފަރާތް ކުއްޔަށްދޭ ފަރާތުގެ ޙައްޤުތައް ބަޔާންކުރުމާއި، ކުރީގެ މުޢާމަލާތަކާގުޅިގެން އުފެދޭ ދެބަސްވުންތަކާއި، ޝަކުވާތައް އަވަސް ގޮތެއްގައި ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. މީގެއިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ބަޔާންކުރުމަކީވެސް މިބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ނަސީރު ވިދާޅުވި އެވެ.

ބިލު ހުށަހަޅުއްވަމުން ނަސީރު ވިދާޅުވީ މިއީ މިހާރު ރާއްޖޭގައި އެންމެ ކަންބޮޑުވާ އެއް މައްސަލަކަމަށްވާ ގޯތިގެދޮރު ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ އެންމު މުހިންމު އެއް ކަންތައްކަމަށެވެ.

ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ ކަންތައްތަކެއްވެސް މިބިލުގައި ބަޔާންކޮށްފައިވެ އެވެ. ބިލު ހުށަހަޅުއްވަމުން ނަސީރު ވިދާޅުވީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ލިބުމުގެ ވަޞީލަތްތައް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ކުއްޔަށް ދޭ ތަންތަނުގައި ޤާއިމުކޮށްފައި ހުންނަންޖެހޭނެ ކަަމަށެވެ. ކުއްޔަށްދޭ ތަނަކީ ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ބައެއް ނަމަ އެތަނަކަށް އެހެން ޢިމާރާތެއްގެ ބައެއް ބޭނުން ކުރުމެއްނެތި އަދި އުނދަގޫ ކަމެއްނެތި ވަކިންވަދެވެ އުޅެވޭނެފަދަ އިންތިޒާމެއް ހަމަޖެހިފައި އޮންނަންވާނެ ކަަމަށެވެ.

މީގެއިތުރުން ކުއްޔަށްދޭ ތަނަކީ އިމާރާތެއް ނަމަ ޢިމާރާތްކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކައް ފެތޭ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ކަމަށް ވާންޖެހޭ ކަމަށް ނަސީރު ވިދާޅުވިއެވެ. ކުއްޔަށްދޭ ތަނުގެ އަކަފޫޓްގެ ނިޞްބަތުން ގިންތިކުރެވި އެތަނެއްގެ ކުޑަބޮޑުމިން ބަލާ އެތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭ މީހުންގެ ޢަދަދެއް ކަނޑައެޅުމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ނަސީރު ވިދާޅުވިއެވެ.

އަދި ކުއްޔަށްދޭ ތަނުގައި ކައިބޮއި ނިދާ ހެދުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެކަަމަށް ބިލުގައި ބަޔާން ވެގެންވާކަމަށް ނަސީރު ވިދާޅުވިއެވެ.

މިބިލުގައި ޖުމުލަ 8 ބާބު އޮންނައިރު 75 މާއްދާ އެކުލެވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 ޖުލައި 2017

ދައުވާއަށް ޖަވާބުދާރީވެވޭނެ ވަސީލަތަށް އެދެމުންދަނިކޮށް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި

31 ޖުލައި 2017
ދައުވާއަށް ޖަވާބުދާރީވެވޭނެ ވަސީލަތަށް އެދެމުންދަނިކޮށް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި
30 ޖުލައި 2017

އަންހެނަކަށް ހަމައެކަނި ޤާޒީއަކަށް ވެވޭނީ މަދަނީ މައްސަލަތަކުގައި : ޑރ. މަޖީދު

30 ޖުލައި 2017
އަންހެނަކަށް ހަމައެކަނި ޤާޒީއަކަށް ވެވޭނީ މަދަނީ މައްސަލަތަކުގައި : ޑރ. މަޖީދު
14 ޖުލައި 2017

ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭނެ: ފާއިޒް

14 ޖުލައި 2017
ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭނެ: ފާއިޒް
26 މެއި 2017

ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ

26 މެއި 2017
ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް