Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓްރީ

ކުރިން ވިސާ ނެގުމަކާނުލާ އުމްރާ އަށް ދެވޭގޮތަށް ހަމަޖެހިއްޖެ

12 ފެބުރުއަރީ 2020 | ބުދަ 09:58

މިކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސައުދީ ސަރުކާރުން މިހާރު ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ފެބުރުއަރީ 2020 | ބުދަ 09:58
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އުމްރާ އަށް ދާ ދިވެހިންނަށް ކުރިން ވިސާ ހޯދަމަކާނުލާ އޮންއެރައިވަލް ވިސާ ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިކަން އިއުލާންކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާ ލިބޭނެކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ދީފައިވާކަމަށެވެ. އަދި މިވިސާ ލިބޭނީ ހަމައެކަނި އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކާއި ފަތުރުވެރިއެއްގެ ގޮތުގައި ސައުދީއަށް ދާ ފަރާތްތަކަށް އެކަނިކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސައުދީ ސަރުކާރުން މިހާރު ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކިޔެވުމަށާއި އެނޫންކަންކަމަށް ސައުދީއަށްދާ ފަރާތްތަކަށް އޮންއެރައިވަލް ވިސާ ނުލިބޭނެކަމަށާއި ހައްޖަށްދާ ފަރާތްތަކުންވެސް ކުރިއެކޭ އެއްގޮތަށް ވިސާއަށް އެދެންޖެހޭނެކަމަށް ޝާހިދު ވިދާޅުވި އެވެ. އޮން އެރައިވަލް ވިސާއަށް އެދެވޭނެ ތާރީޚެއް ރަސްމީކޮށް ލަހެއްނުވެ އިއުލާން ކުރެވޭނެކަމަށް އަންގަވާފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

މިކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ސައުދީ ރަސްގެފާނު އަދި ވަލީއަހުދާ އޮތް އެކުވެރިކަމުގެ ގުޅުން ދައްކުވައިދޭކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އީ-ވިސާއަށް އެދޭ ފަރާތްތަކަށް، ވިސާއަށް އެދި ހުށަހަޅާތާ 30 މިނެޓުގެ ތެރޭގައި ވިސާ ލިބޭނެއެވެ. އޮން އެރައިވަލް ވިސާއަށް އެދޭ ފަރާތްތަކަށް، އިލެކްޓްރޯނިކް ކިއޮސްކް ނުވަތަ އިމިގްރޭޝަން ކައުންޓަރުން ވަޤުތުން އޮން އެރައިވަލް ވިސާ ލިބޭނެއެވެ. އަދި ކޮންސިއުލޭޓް ވިސާއަށް އެދި ހުށަހަޅާފަރާތްތަކަށް، ވިސާއަށް އެދިހުށަޅާތާ އެއް ދުވަހާއި ދެ ދުވަހާ ދޭތެރޭގައި ރަސްމީދުވަހުގެ ތެރޭގައި ވިސާ ލިބޭނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަޢޫދީ ޢަރަބިއްޔާގެ ވިސާގެ އަގަކީ 440.00 ސަޢޫދީ ރިޔާލް ކަމަށެވެ. މި ޢަދަދުގެ އިތުރުން ވީ.އޭ.ޓީ އަދި ޕްރޮސެސިންގ ފީ ދައްކަންޖެހޭނެއެވެ. ވިސާ ފީގެ 440.00 ސަޢޫދީ ރިޔާލްގައި ހިމެނެނީ ވިސާ ބޭސް ފީ 300.00 ސަޢޫދީ ރިޔާލް އަދި ހެލްތު އިންޝުއަރެންސް ދީ 140.00 ސަޢޫދީ ރިޔާލް އެވެ.

އީ-ވިސާ ނުވަތަ ވިސާ އޮން އެރައިވަލްގެ ވިސާ ފީ ދައްކަން ޖެހޭނީ ކްރެޑިޓް ކާޑު މެދުވެރިކޮށް ސަޢޫދީ ރިޔާޟުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއަކީ އޮންއެރައިވަލް ވިސާ ސައުދީން ލިބޭ ހަމައެކަނި ދެކުނު އޭޝިޔާގެ ގައުމުކަމަށެވެ. މިހާރު ކުރިން ވިސާ ނެގުމަކާނުލާ 84 ގައުމަކަށް ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް