Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ކޮރޯނާވައިރަސް: އިގްތިސާދަށް ކުރާނެ އަސަރު އެނގޭނީ ދެތިން މަސް ފަހުން

ވިދާޅުވީ ރިސެޝަނަކަށް ނުދިޔަސް ކޮންމެސް ވަރެއްގެ ލޮޅުމެއް އެކި ގައުމުތަކަށް އަންނާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2020 | ބުދަ 06:48
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް އަސަރު ކުރާނެ ކަމަށާއި އެކަމުގެ ގެއްލުންތައް ފެންނަން ފަށާނީ ދެތިން މަސް ފަހުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ނޮވެލް ކޮރޯނާވައިރަސްއާއި ގުޅިގެން ރާއްޖެއާއި މުޅި ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ގޮތުން އަސަރުކުރާނެ ކަމަށެވެ. އެގޮތުން މި ވައިރަސްގެ ސަބަބުން އިގްތިސާދީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާ ކޮށްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރިސެޝަނަކަށް ނުދިޔަސް ކޮންމެސް ވަރެއްގެ ލޮޅުމެއް އެކި ގައުމުތަކަށް އަންނާނެ ކަމަށް ކަމުގެ މާހިރުން ލަފާކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އާމްދަނީ ދަށްވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެކަން އެނގޭނީ ދެތިން ހަތަރުމަސްފަހުން ކަމަށެވެ.

ނަމަވެސް މިއަހަރަށް ރޭވިފައި ހުރި އެއްވެސް ޕަބްލިކް ސެކްޓަރ މަޝްރޫއުއެއް ހުއްޓާލުމަށް ނިންމާފައިނުވާކަމަށާއި ބަޖެޓުގައި ރޭވިފައި ހުރި ގޮތަށް މަޝްރޫއުތައް ކުރިއަށްދާނެ ކަމަށެވެ.

ޗައިނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޗައިނާގެ އިގްތިސާދަށް އަންނާނެ ލޮޅުމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އިގްތިސާދަށް އަންނާނެ ލޮޅުމެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށްވެސް މީގެ ސަބަބުން ލޮޅުންތަކެއް އަރާނެކަމަށް ލަފާ ކުރެވޭތީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް އަންގާފައިވާނެ ކަމަށާއި އެގޮތުން ޚަރަދު ކުޑަ ކުރުމަށްޓަކައި ޓާގެޓް ކުރަން ބޭނުންވަނީ ވީހާވެސް ބޮޑަށް ރިކަރަންޓް ހަރަދުތައް މަދުކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު