Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަސްވެރިކަމާއި ގުޅުންހުރި ގަވާއިދުތައް ނުހެދި ލަސްވާތީ މެމްބަރުންގެ ކަންބޮޑުވުން

10 ފެބުރުއަރީ 2020 | ހޯމަ 10:35

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން 18 ގަވައިދެއް އެކުލަވާލަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ފެބުރުއަރީ 2020 | ހޯމަ 10:35
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ތަސްދީޤުކުރި މަސްވެރިކަމާއި ބެހޭ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ނުހެދި ލަސްވަމުންދާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މެމްބަރުން ތަކުރާރުކޮށް މިނިސްޓަރާއި ކުރެއްވި އެއް ސުވާލަކީ މަޖިލީހުން ބޮޑެތި އިސްލާހުތަކަކާއެކު ފާސްކޮށްފައިވާ މަސްވެރިކަމާއި ބެހޭ ޤާނޫނުގެ ނަތީޖާ ފެންނަވަރު ވާނީ ކޮންއިރަކުންތޯ އާއި އޭގައި ހުރި ގަވާއިދުތައް ހެދުމުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާ ގުޅޭގޮތުންނެވެ. އެސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓާރ ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން 18 ގަވައިދެއް އެކުލަވާލަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިހުރިހާ ގަވާއިދެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށް މިނިސްޓާރ ވިދާޅުވި އެވެ. އަދި މިވަގުތަށް މަސްވެރިކަމުގެ މެނޭޖްމެންޓް ފްރޭމް ވޯރކް ފުރިހަމައަށް ހިންގުމަށް 4 ގަވާއިދެއް ހަދަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެ ގަވާއިދު ތަކަކީ ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު ، ގަވައިދާ ޚިލާފުވާ ފަރާތްތަކާމެދު ޖޫރިމަނާކުރުމާއި ފިޔަވަޅު އެޅުމާއި ބެހޭ ގަވާއިދު، ޕޯޓް ސްޓޭޓް މެޝަރމެންޓް ގަވާއިދު އަދި މަސްވެރިކަމުގެ އާންމު ގަވާއިދެވެ.

މެނޭޖްމެންޓް ޕްލޭންގެ ތެރެއިން މަސްވެރިކަމުގެ ޤާނޫނު ގެ ދަށުން 12 މެނޭޖްމެންޓް ޕްލޭނެއް މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށް 12 މަސްދުވަސްތެރޭގައި އާންމުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 12 މަސް ދުވަސްތެރޭގައި ފުރިހަމަ ދިރާސާގެ މައްޗަށް އެކުލެވޭ 12 މެނޭޖްމެންޓް ޕްލޭން ތައްޔާރުކުރުމަށް އެކަށީގެންވާ މިންވަރެއް އެކަމުގެ ތަޖުރިބާ އާއި ތަމްރީނު ތިބި މުވައްޒަފުން މިނިސްޓްރީގައި ނެތްކަމަށް މިނިސްޓާރ ވިދާޅުވި އެވެ.

މިނިސްޓަރ މިގަވާއިދުތަކުގެ ތަފްސީލު ދެއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސެޕްޓެމްބަރ މަހު ޤާނޫނު ތަންފީޒުކުރެވިފައިވާކަމަށާއި 3 މަސް ތެރޭގައި ގަވައިދު ހަދަންޖެހޭ ކަމަށެވެ. ފެންނަ ގޮތުގައި މިއަދު އެގަވާއިދު އިއުލާން ކުރައްވަންވާނެ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ގަވާއިދު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގަންފައިވާ ކަމަށެވެ. މަސްވެރިކަމުގެ ޤާނޫނުގައި ހުރި ގަވާއިދުތައް ހެދުމުގެ މުއްދަތުތައް އެބަހުރިކަމަށާއި އެގަވާއިދުތައް މިނިސްޓްރީން އެކުލަވާލެއްވުމުގެ ޒިންމާ މަތިކޮށްފައިވަނީ ގަވާއިދު ކޮމިޓީއަށް ކަމަށެވެ.

މިގަވާއިދުތައް ނުހެދި މަސްވެރިންނަށް މި ޤާނޫނުން ލިބެންޖެހޭ ފައިދާތައް ނުލިބި ލަސްވެގެންދާތީ މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖުލައި 2018

ރައީސާއި ގުޅުންހުރި ތަންތަން ފާސްކޮށް ޚިޔާނާތުގެ 80 މިލިއަން ޑޮލަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް!

22 ޖުލައި 2018
ރައީސާއި ގުޅުންހުރި ތަންތަން ފާސްކޮށް ޚިޔާނާތުގެ 80 މިލިއަން ޑޮލަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް!
10 ޖޫން 2018

މެމޯ ނުހެދިގެން ފަރުވާ ނުދީ ލަސްކުރި ވާހަކަ އަކީ ދޮގެއް: އާސަންދަ

10 ޖޫން 2018
މެމޯ ނުހެދިގެން ފަރުވާ ނުދީ ލަސްކުރި ވާހަކަ އަކީ ދޮގެއް: އާސަންދަ
07 ޖޫން 2018

ސަރުކާރާ ގުޅުންހުރި މީހަކަށް އިންޑިއާއަކަށް ދެން ނޭރޭނެ، އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ: ނަޝީދު

07 ޖޫން 2018
ސަރުކާރާ ގުޅުންހުރި މީހަކަށް އިންޑިއާއަކަށް ދެން ނޭރޭނެ، އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ: ނަޝީދު
01 ޖެނުއަރީ 2018

އަހަރު ނިމުނުއިރުވެސް، އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނުހެދި!

01 ޖެނުއަރީ 2018
އަހަރު ނިމުނުއިރުވެސް، އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނުހެދި!
24 އޮކްޓޯބަރު 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދެނީސް ފާރިސްގެ ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފި

24 އޮކްޓޯބަރު 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދެނީސް ފާރިސްގެ ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފި
29 އޯގަސްޓު 2017

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނަނީ މައްސަލަތައް ލަސްވާތީ: ސުޕްރީމް ކޯޓު

29 އޯގަސްޓު 2017
ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނަނީ މައްސަލަތައް ލަސްވާތީ: ސުޕްރީމް ކޯޓު
21 އޯގަސްޓު 2017

މެމްބަރުންގެ މައްސަލަ ލަސްވާތީ ސްޕްރީމް ކޯޓާ މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުން ބޮޑުވަނީ!

21 އޯގަސްޓު 2017
މެމްބަރުންގެ މައްސަލަ ލަސްވާތީ ސްޕްރީމް ކޯޓާ މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުން ބޮޑުވަނީ!
15 ޖުލައި 2017

ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ހާމަކުރަނީ

15 ޖުލައި 2017
ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ހާމަކުރަނީ
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް