Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ބައެއް މައްސަލަތައް ނިންމާލަނީ ނަސޭހަތަކުން!

އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ފުލުހުންނަށް ތަހުގީގު ކުރެވިފައެއް ނުވޭ: ރިޕޯޓު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2020 | ހޯމަ 04:15
ޖިންސީ ގޯނާ ރައްޒުކޮށްދޭ މަންޒަރެއް

ޖިންސީ ގޯނާ ރައްޒުކޮށްދޭ މަންޒަރެއް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކަށް ނަސޭހަތްދީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެފަރާތްތަކުގެ މައްސަލަތައް ފައިލްކުރެވޭކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ގުޅޭ މައްސަލަތަކުގެ މައްޗަށް ތައްޔާރުކުރި ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓުންނެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކަށް ނަސޭހަތްދީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެފަރާތްތަކުގެ މައްސަލަތައް ފައިލްކުރެވޭކަން ކޮމިޓީގެ ހޯދުންތަކުގައިވެއެވެ.

Advertisement - newsAdvertisement

އޭގެ ސަބަބުން މުޖުތަމަޢުގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހުރަސް އެޅޭ ކަމަށާއި، އެއީ އިތުރު ކުޑަކުދިންތަކެއް ޖިންސީ ގޯނާގެ ޝިކާރައަކަށްވުމަށް ދެވޭ ފުރުޞަތެއްކަމަށް ރިޕޯޓުގައިވެއެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރިޕޯޓުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ކުޑަކުދިންގެ މިފަދަ މައްސަލަތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކުރެވިފައިއެއް ނުވެއެވެ. އަދި ފުލުހުންނަށް ހުށަހަޅާފައިވާ ގިނަ މައްސަލަތައް ތަޙްޤީޤުކުރުމަށް ދިގު މުއްދަތެއް ހޭދަވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ފުލުހުންނަށް ވޭތުވެދިޔަ 15 އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 70.46 އިންސައްތަ މައްސަލައިގެ ތަޙްޤީޤު ނިންމުމަށް 1 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާކަން ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި ފުލުހުން ތަޙްޤީޤުކޮށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 31.64 އިންސައްތަ މައްސަލަ، މައްސަލައިގެ ތަޙްޤީޤު ފުރިހަމަވެފައި ނުވާތީ އެއޮފީހުން އަނބުރާ ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ކޮމިޓީއާއި ހިއްސާ ކުރި ކަމަށް ރިޕޯޓުގައިވެއެވެ. އަދި މައްސަލައިގައި ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުން އެ މައްސަލަތައް ޕީޖީ އޮފީހުން އަނބުރާ ފޮނުވާ ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެފަދަ މައްސަލަތައް އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި، ހަރުދަނާ ތަޙްޤީޤީ ނިޒާމެއްގެ ތެރެއިން ތަޙްޤީޤްކޮށްފައި ނުވުމުގެ ސަބަބުން މިފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށް އިތުރު މުއްދަތެއް ހޭދަވާކަމަށާއި އަދި އެއީ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް އިންސާފު ލިބުމަށް އެޅިގެންދާ ހުރަހެއްކަމަށެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާލާއިރު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތައް މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސްގައިކަމާގުޅޭ މުއައްސަސާތަކުން ހިމަނާފައެއް ނުވެއެވެ. އެކަމުގެ ސަބަބުން އެފަދަ މައްސަލަތައް ރަނގަޅަށް މޮނިޓަރނުކުރެވޭކަމަށް ރިޕޯޓުގައި ވެއެވެ.

މީގެއިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތަކުގެ މަޢުލޫމާތު ކަމާގުޅޭ މުއައްސަސާތަކުން އަޕްޑޭޓްކުރަމުން ނުދާކަމަށާއި އެކަމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތަކާއި، މިފަދަ ކުށްތައް ތަކުރާރުކޮށް ކުރާ މީހުންގެ މަޢުލޫމާތާއި، އެއް ކުއްޖެއްގެ ނުވަތަ އެއް ޢާއިލާގެ ކުދިންގެ މައްސަލަތައް، ތަކުރާރުވި ނަމަވެސް، މުއައްސަސާތަކަށް އެކަން ދެނެގަނެ، މޮނިޓަރކުރެވޭނެ ނިޒާމެއް ނެތުމުން ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނެކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު