Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ފަހަތުން އަރާ ރެއާލް އަދި ބަސާއަށް މޮޅެއް!

9 ފެބުރުއަރީ 2020 | އާދީއްތަ 22:30

ރެއާލް އަދި އޮސަސޫނާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 9 ފެބުރުއަރީ 2020 | އާދީއްތަ 22:30
ރެއާލް އަދި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް އަދި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި ބާސެލޯނާ ކުޅުނު މެޗުތަކުން ފަހަތުން އަރާ މޮޅުވެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް އޮސަސޫނާ އަތުން މޮޅުވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޮސަސޫނާއިންނެވެ. މި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގާސިއާ އެވެ. މި ލަނޑާއިއެކު ރެއާލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާ ގިނަ ހަމަލާތަކެއް އޮސަސޫނާގެ ގޯލަށް ވަނީ ފޮނުވައިލައިފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ އިސްކޯ އެވެ. އޭގެ ފަސް މިނެޓުފަހުން ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. މި ލަނޑު ލިބުނު ކޯނަރެއްގެ އެހީގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސް އެވެ.

ދެވަނަ ހާފު ފަށައިގެން ރެއާލުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއިރު، މެޗުގެ 84 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ކަރިމް ބެންޒެމާގެ އެހީތެރިކަމާއިއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ. މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ކެޕްޓަން ސާޖިއޯ ރާމޮސް އެވެ.

ބާސެލޯނާ އަދި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ގެ ނަތީޖާ އަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަހު ހާފުގެ ބޮޑު ބައެއް ދެ ޓީމުން ވެސް ކުޅެމުންދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު ރެއާލް ބެޓިސް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެނަލިސް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިޔާ ތެރެއިން ބާސާގެ ޑިފެންޑަރ ޕީކޭ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީގެ އެހީގައެވެ. އޭގެ ތިން މިނެޓު ފަހުން ބާސާގެ ޑި ޔޮންގް ގެ ހިތްގައިމު ލަނޑުން ބާސާއިން ނަތީޖާ ހަމަހަމަ ކުރިއިރު، މެޗުގެ 26 ވަނަ މިނެޓުގައި ބެޓިސްގެ ފެކިއަރ ވަނީ ލަނޑު ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ސާޖިއޯ ބުސްކުއެޓްސް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ބާސާއިން ފުލުފުލުގައި ބެޓިސްގެ ގޯލަށް ހަމަލާތައް ފޮނުވައިލިއިރު މެޗުގެ ލީޑު ބާސާއިން ނެގީ 72 ވަނަ މިނެޓުގައި ލެންގްލެޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ބާސާއިން ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ވަނީ ކުޑަވެފައެވެ. ތާވަލުގެ އެއްވަނައިގައި ރެއާލުން އޮތީ ކުޅުނު 23 މެޗުން ލިބުނު 52 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ބާސާއަށް ކުޅުނު 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް