Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރ

ދިވެހިރާއްޖެ އާއި އީޔޫ އާއި ދެމެދު ބާއްވާ ސީނިއަރ އޮފިޝަލުންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

9 ފެބުރުއަރީ 2020 | އާދީއްތަ 19:25

މި ބައްދަލުވުން ބާއްވާފައިވަނީ އާދިއްތަ ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 9 ފެބުރުއަރީ 2020 | އާދީއްތަ 19:25
ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިޙާދާއި ދެމެދު ބާއްވާ ސީނިއަރ އޮފިޝަލުންގެ ފުރަތަމަ ބައްދަލުވުން ކުރިއަށްދަނީ

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިޙާދާއި ދެމެދު ބާއްވާ ސީނިއަރ އޮފިޝަލުންގެ ފުރަތަމަ ބައްދަލުވުން ކުރިއަށްދަނީ

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދުގެ އިސް މަސްއޫލުވެރިންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އީޔޫއާއި ދެމެދު މަޝްވަރާތައް ބާއްވާނެ އާ ނިޒާމެއް ޤާއިމުކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އޮފިޝަލުންނާއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ޤާއިމުކުރެވުނު ނިޒުމްގެ ދަށުން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގައި ޑިމޮކްރަސީ އިޔާދަކޮށް، ހެޔޮވެރިކަމާއި، ޤާނޫނުގެ ވެރިކަންކުރުމަށް މިހާރުގެ ސަރުކާރުން ވެފައިވާ ވަޢުދުގެ ތެރެއިން، ބައިނަލްއަޤުވާމީ ބައިވެރިންނާއި ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. ދިވެހިރާއްޖެއާއި އީޔޫގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ޔޫރަޕިއަން ކޮމިޝަނާއި، ޔޫރަޕިއަން ކައުންސިލްގެ އާ ރައީސުންނާއި، އީޔޫ ހައި ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ/ވައިސް ޕްރެޒިޑެންޓް އޮފް ދަ ޔޫރަޕިއަން ކޮމިޝަން ޖޮސެޕް ބޮރެލްގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖެ ހިމެނޭ ގޮތަށް ބައިނަލްއަޤުވާމީ ހުރިހާ ބައިވެރިންނާއިއެކު އޮންނަ ގުޅުން އިތުރުކުރުމަށް އީޔޫ އޮތީ ތައްޔާރަށްކަމަށާއި، އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަރުވައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އިތުރަށް ހަރުދަނާކުރުމަށް އީޔޫ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް މަޢުލޫމާތު ދެއެވެ.

އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ ވަރުގަދަކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކެއް ބަލަމުންދާކަން އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމާއި ދިމާކޮށް، ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް ހޯމަ ދުވަހު ވަނީ ޕްރޮޖެކްޓެއް ލޯންޗްކޮށްފައެވެ. މި ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ) ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި، ދިވެހި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.

ދިވެހި ސަރުކާރާ އީޔޫ އިންވެސް މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަޤުވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. މިދިޔަ ޑިސެންބަރު މަހު އީޔޫ އިން ވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕަކީ ކާބަން ނިއުޓްރަލް ބައްރަކަށްވުމަށް ޢަމާޒު ހިފާފައިވާ ޔޫރަޕިއަން ގްރީން ޑީލް އެޑޮޕްޓްކޮށްފައެވެ. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހިރުފިޔާގެ އެހީއަކާއި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ރާއްޖެއަށް ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެއެވެ.

ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އީޔޫ އާއި ދިވެހި ސަރުކާރުން އެއްބަސްވެފައި ވެއެވެ. އަދި ދިވެހިރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން އީޔޫގައި ވަނީ އެދިފައެވެ.

ރާއްޖޭގެ ޞަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، އީޔޫގެ ކަންބޮޑުވުންތަކަށް ރާއްޖެއިން ޙައްލު ގެނެސްފައިވާކަން ދާދި އަވަހަށް ރާއްޖެއަށް އަންނަ އީޔޫގެ ފަންނީ ޓީމުން ފާހަގަކުރާނެކަމަށް އުއްމީދުކުރާކަން އީޔޫ އިން ހާމަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އީޔޫގެ މެންބަރު ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުޞަތު ހޯދުމާއި ބެހޭ ގޮތުން އީޔޫއާއެކު ވަނީ މަޝްވަރާކުރެވިފައެވެ.

މި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް