Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޔޫ

ރައީސް ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫ އާ ހަމައަށް

9 ފެބުރުއަރީ 2020 | އާދީއްތަ 14:29

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ނުހައްޤުން ޖަލަށްލާފައިވާ މައްސަލައިގައި އެކަންބޮޑުވުން ހިއްސާކުރެއްވި ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ފެބުރުއަރީ 2020 | އާދީއްތަ 14:29
އީޔޫގެ ވަފުދާ އާދަމް ޝަރީފް ވަނީ ބައްދަލުކުރައްވާފައި

އީޔޫގެ ވަފުދާ އާދަމް ޝަރީފް ވަނީ ބައްދަލުކުރައްވާފައި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން މިހާރު ރާއްޖެ އައިސްއުޅޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދާ އިދިކޮޅު ފަރާތްތަކުން ހިއްސާކޮށްފި އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފް، އީޔޫގެ ވަފްދާ އެކަން ހިއްސާކުރެއްވީ އެ ވަފްދުގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

Advertisement - newsAdvertisement

ޔާމީން ޖަލަށް ލާފައިވާ މައްސަލަ، އާދަމް ޝަރީފް ހިއްސާ ކުރެއްވީ އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓަރނަލް އެކްޝަން ސަރވިސް ފޮރ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ އެވެ.

މިބައްދަލުކުރެއްވުމުގެ ތަފުސީލު "ރާއްޖެ އެމްވީ" އަށް ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ނުޙައްޤުން ޖަލަށްލާފައިވާ މައްސަލައިގައި އެކަންބޮޑުވުން ހިއްސާކުރެއްވި ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ މައްސަލާގައި ލާއިންސާނީ އެއްވެސް ކަމެއް ނުވަތަ އިންސާނީ ހައްޤުތައް ހުރުމަތްތެރިކޮށް ނުހިތޭނެ އެއްވެސްކަމެއް ވެގެންނުވާނެ ކަމަށް ޕައުލާ ޕަންޕަލޯނީއާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމައްސަލަ އީޔޫގެ ހެޑްއޮފީހަށް ހުށަހަޅާނެކަމަށް ވިދާޅުވެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ދޯދިޔާކޮށް ކުރަމުންދާ ކަންކަމުގެ ވާހަކަތައްވެސް އީޔޫއާ ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން ކަންކަމުގައި ސަރުކާރުގެ އެކިފަރާތްތަކުން އެކިގޮތްގޮތަށް އިރުޝާދު ދެމުންގެންދާ މައްސަލަ ފާހަގަކުރެއްވި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އާދަމް ޝަރީފް ފާހަގަކުރެއްވީ މާފުށީގައި ހިނގާދިޔަ ކަންކަމުގައި ސަރުކާރުގެ އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށެވެ.

ޔާމީނަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު 28 ގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މަނީލޯންޑަރިންގެ މައްސަލަ ސާބިތުވުމުންނެވެ. ޔާމީނަށް ހުކުމް އިއްވި ޝަރީޢަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުން ނޫން ކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެ ޙުކުމް ޔާމީނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިޢުނާފުކުރުމުން އެ މައްސަލައިގެ ޝަރީޢަތް އެ ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.

ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ކުރަން ވެސް އެމަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި އެދުނެވެ. އެހެންނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމީ ޔާމީނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް