Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޔޫ

އީޔޫ ވަފްދު ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި

9 ފެބުރުއަރީ 2020 | އާދީއްތަ 14:27

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި އީޔޫ އާދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ފެބުރުއަރީ 2020 | އާދީއްތަ 14:27
އީޔޫގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ

އީޔޫގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ ސައުތް އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސް ޕައޯލާ ޕަމްޕަލޯނީއަށާއި އެކަމަނާ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ އެބޭފުޅުން ދެއްވާ އެހީތެރިކަމާއި، ރާއްޖެއާ މެދު ބަހައްޓަވާ ގާތްގުޅުން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި އީޔޫ އާދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއާ އީޔޫގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވާ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ރާއްޖެއާ އީޔޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކުގެމައްޗަށް ވެސް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަން ފުޅާކުރުމަށް މަސް އެކްޕޯޓު ކުރުމާއި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށްނަގާ ޓެކުހާ ގުޅޭކަންކަން އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުން ޝަޢުޤުވެރިކަންފާޅުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ ދަތުރުފަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްޞަކޮށް ވިސާގެ ޚިދުމަތް ދެވޭނެ ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ “ވީ.އެފް.އެސް ގްލޯބަލް” އާ ގުޅިގެން ދިވެހިންނަށް ފަސޭހައިން ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކޮށްލެއްވުމުގައި މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ ފާއިތުވި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހިންގެވުމުގެ ދަށުން ރާއްޖެއަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި މި ކާމިޔާބީއަށް ހިތްވަރުދެއްވާ މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ އީޔޫއިން ރާއްޖެއާއެކު ހިޔާލުއެއްގޮތްވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލު ކޮށްލެއްވުމުގައި ދެބޭފުޅުންވެސް ވަނީ އިތުރަށް ގުޅުން ބަދަހިކުރެވެންހުރި ދާއިރާތަކާ ބެހޭގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖެއާއި އީޔޫގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދެފަރާތުގެ ޝަޢުގްވެރިކަން ފާޅުކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2017

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް