Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޯލިޔާ

އޮސްޓްރޭލިޔާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެގައުމުގެ ބައެއް ސިޓީތައް ފެންބޮޑުވެދާނެ ކަމުގެ ބިރުހީވެއްޖެ

ވޭތުވެދިޔަ 20 އަހަރު ވާރޭ ނުވެހޭ މިންވަރަށް ވާރޭ ވެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2020 | ހޮނިހިރު 16:04
އޮސްޓްރޯލިޔާ

އޮސްޓްރޯލިޔާ

އޮސްޓްރޭލިޔާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެޤައުމުގެ ބައެއް ސިޓީތައް ފެންބޮޑުވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ވޭތުވެދިޔަ 20 އަހަރު ވާރޭ ނުވެހޭ މިންވަރަށް ވާރޭ ވަނީ ވެހިފައެވެ. އަދިވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުންދާއިރު މިއީ ރިކޯޑު މިންވަރެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެހެންކަމުން މިހާރު ބައެއް ސިޓީތައް ފެން ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ބައެއް ސިޓީތަކުގައި ފެންބޮޑުވެދާނެކަމުގެ ބީރު ހީވެފައިވާއިރު، މީގެ ކުރިން އޮސްޓްރޭލިއާގެ ޞަރަޙައްދު ތަކުގައި ފެތުރެމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން މުޅި ޤައުމު އޮތީ ހުއްޓުމަކަށް އައިސްފައެވެ.

އަލްޖަޒީރާއިން ބުނީ އޮސްޓްރޭލިޔާގެ އަލިފާނުގެ ޙާދިސާއާއި، ފެންބޮޑުވުމުގެ ބިރު އޮތުމާއެކު އެޤައުމަށް ބޮޑެތި އުދަނގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

2019 ވަނަ އަަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އޮސްޓްރޭލިޔާގެ ޖަންގަލިތަކުގަޔާއި، އެޤައުމުގެ އެކި ޞަރަޙައްދުތަކުގަ ރޯވި އަލިފާނުގެ ސަބަބުން 10 ހެކްޓަރަށްވުރެ ބޮޑު ޞަރަޙައްދެއް ވަނީ އަންދައިގެން ގޮސްފައެވެ. ހަމައެކަނި ސައުތު ވޭލްސް ޞަރަޙައްދުންވެސް ބައި މިލިޔަނަށްވުރެ ގިނަ ޖަނަވާރު މަރުވެފައިވާކަމަށް އަންދާޒާ ކުރެވެއެވެ. ނަމަވެސް މިހާރު އޮސްޓްރޭލިޔާ އެކި ޞަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ވަނީ ކޮންޓްރޯލްކުރެވިފައެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު