Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ﷲ ގަންދީ ހުވާކޮށްގެންް ތިބެ ބަޢާވާތްކޮށް، ރައްޔިތުންނަށް ކުރި އަނިޔާ ހިތަކުން ނުފޮހެވޭނެ!

އިންސާފުގެ އަތަކީ ދިގު އަތެއްކަން ގަބޫލު ނުކުރާނަމަ އެއީ ވަރަށް ބޮޑު ކުށެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2020 | ހޮނިހިރު 09:51
ބަޢާވަތުގައި ބައިވެރިންތަކެއް

ބަޢާވަތުގައި ބައިވެރިންތަކެއް

މިއަދު މިވާހަކަ ދައްކަން މި ޖެހެނީ ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކުރަން ޔުނިފޯމް ތުރުކުރައްވައިގެން ތިބެ ރައްޔިތުންނާއި މެދު ޖަނަވާރަކަށް ކަންތައް ކުރާ އުސޫލަށް ވުރެންވެސް ދެރަކޮށް ކަންތައްކޮށް އިންސާފުން އެއްކިބާވެ ތިބި ބަޔެއްގެ ވާހަކަ ފާހަގަކޮށްލުމަށެވެ. 8 ފެބްރުއަރީ 2012 ވެގެން ދިޔައީ، ގައުމުގެ ސަލަމާތީ ބާރުތަކުގައި ތިބި މީހުންގެ އަސްލު ސިފަ ދައްކުވައިލި ދުވަހެކެވެ.

ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް، ގަދަ ބާރުން، މަޖޫބުރުކޮށް ވެރިމީހާއަށް ބިރު ދައްކައި ވައްޓާލި ދުވަހަށް ފަހު ޖެހިގެން އައި ދުވަހަކީ ގައުމު ދުށް އެންމެ އަނިޔާވެރި އެއް ދުވަހުގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. ވެރިކަމަށް ފެންބޮވައިގަނެފައިތިބި ބަޔަކު އަޑީގައި ތިބެ ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ރައްޔިތުންގެ ލޭ އޮހުރުވާލީ އަމިއްލަ މަންފާއެއް ހާސިލްކުރުމަށެވެ. މިއަދު ހާލަތު ބަދަލުވެ މިތަނުން އެއް ބަޔަކު، އެއް ނަވެއްގައި ތިއްބަސް މިއީ ރައްޔިތުމީހާއަށް ހަނދާން ނައްތާލަން އުނދަގޫ ދުވަހެކެވެ.

ބަޢާވާތް ކުރަން ނުދައްކާ ބަހަނާއެއް ނެތެވެ. އިގްތިސާދީ، އިޖުތިމާއީ އަދި ދީނީ އެތައް މައްސަލަތަކެއް ފެންމަތިކުރިއެވެ. ޝަކުވާތަކުގެ ތެރޭގައި ބައިނަލްއަގުވާމީ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމާއި އައްޑޫގައި ބެހެއްޓި މޮނިއުމެންޓްތަކުގައި އެހެން ދީންތަކުގެ ކުރެހުންތައް ސިފަވާ ކަމަށް ބުނުމާއި ތަކެތީގެ އަގުބޮޑުވެ ރައްޔިތުން "ހަނާވެ، ފަނާވުމާއި" ސަލާމަތީ ބާރުތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމާއި މުޒާހަރާކުރުން ފަދަ އަސާސީ ހައްގުތަކަށް ހުރަސްތައް ކުރިމަތިކުރުވުމާއި ސަރުކާރުގައި ކޮރަޕްޝަން ބޮޑުވުމުގެ ޝަކުވާއަކީ އެ ދުވަހު ބަޢާވާތް ކުރުމަށް ދެއްކި ސަބަބުތަކެވެ. މިކަންމިގޮތަށް ހިންގީ ލާދީނީ ގޮވުމާއި އިސްވެރީން ބަދުނާމު ކުރުމުގެ މައްޗަށެވެ. ދީން ހަތިޔާރަކަށް ހަދައިގެންނެވެ.

އޭރު ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުތް ސިފައިންނާއި ފުލުހުން ބުނަމުންދިޔައީ އެމީހުން ރައީސް ނަޝީދާ ދެކޮޅަށް ނުކުންނަން ޖެހުނީ އެމަނިކުފާނު ކުރެއްވި ޣައިރު ގާނޫނީ އަމުރުތަކާ ގުޅިގެން ކަމަށެވެ. ފަސް އަހަރު ދުވަސްވީ އިރު ވެސް އެއީ ކޮން ޣައިރު ގާނޫނީ އަމުރެއް ކަމެއް އެ ފުލުހުންނާއި ސިފައިންނަށް ސާފުކޮށް ބުނެދެވިފައެއް ނުވެއެވެ. ފުލުހުންގެ ފަރާތުން ފެނިގެންދިޔަ ލާއިންސާނީ އަމަލުތައް ފެނި އިސްވެރިން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނަމަ ހަގީގަތުގައި ލަދުވެސް ގަންނަންޖެހެއެވެ.

ރައްޔިތުންގެ ވެރިކަމެކޭ ބުނެވޭނީ ވެރިކަމުގައި އާރާއި ބާރާއި ނުފޫޒަށް ވުރެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް އަނިޔާވެރިވި ހުރިހާ ފަރާތްތަކެއް ގާނޫނުގެ ކުރިމައްޗަށް ގެނެސްގެންނެވެ. ވަތަން ދެކެ ލޯބިވާކަމަށް ހެދިގެން ތިބި ބަޔަކު، ރާއްޖޭގެ ވެރިޔަކަށް ހުންނެވި ބޭފުޅާއަށް ޝަރުތަކާއި ނުލައި ވެރިކަމުން އިސްތިއުފާދޭން އޯޑަރު ކުރިން އެންމެން ހިމެނޭގޮތަށެވެ. މިއަދު ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ތިއްބަސް، ތިއީ ހަގީގަތުގައި ކުށްވެރިންކަމާމެދު ދެބަސްވާނެ އެކަކުވެސް ނުހުންނާނެވެ.

މިއަދު ނަމެއްގައި އެއް އޮޑިއަކަށް އަރައި ތިއްބަސް އެދުވަހު ރައްޔިތުންނަށް ކުރި އަނިޔާ ހިތަކުން ނުފޮހެވޭނެއެވެ. އިންސާފުގެ އަތަކީ ދިގު އަތެއްކަން ގަބޫލު ނުކުރާނަމަ އެއީ ވަރަށް ބޮޑު ކުށެއްކަން ދަންނާށެވެ. ކޮންމެވެސް އެއް ދުވަހަކުން އެއަތް އަރައި ހަމަކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ރައްޔިތުން ފެލާނެ ވާހަކަ ބަޖެޓުގައި ޖެހުމުން ވެސް ރައްޔިތުން ހަމަ ޖިޒީ ދައްކަ ދައްކައި ތިބެންވީ ހެއްޔެވެ؟

ރައްޔިތުން ފެލާނެ ވާހަކަ ބަޖެޓުގައި ޖެހުމުން ވެސް ރައްޔިތުން ހަމަ ޖިޒީ ދައްކަ ދައްކައި ތިބެންވީ ހެއްޔެވެ؟

03 ޑިސެމްބަރު 2017
އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

30 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު