Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެރިކްސަން

ޓޮޓެންހަމްގެ "ކަޅު ކަމްބަޅި" އަކީ އަހަރެން: އެރިކްސަން

އެރިކްސަން ވަނީ އިނގިރޭސި ކްލަބްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2020 | ބުދަ 12:54
އެރިކްސަން

އެރިކްސަން

ޖަނަވަރީ ޓްރާންސްފަރ މާކެޓްގައި ޓޮޓެންހަމުން އިންޓަ މިލާން އަށް ބަދަލުވި ޑެންމާކްގެ މިޑްފިލްޑަރ ކްރިސްޓަން އެރިކްސަން އޭނާ އާއި މެދު ޓޮޓެންހަމުން އަމަލުކުރި ގޮތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

27 އަހަރުގެ އެރިކްސަން އިންޓައަށް ބަދަލުވީ 16.9 މިލިއަން ޕައުންޑަށެވެ.

އެރިކްސަން ބުނީ ޓޮޓެންހަމުގައި އޭނާ ހޭދަކުރި ދުވަސްވަރު އޭނާ އާއި މެދު ޓޮޓެންހަމުން އަމަލުކުރީ "ކަޅު ކަންބަޅި" އެއްހެން ކަމަށާއި އޭނާ އަކީ އެޓީމުގައި އަބަދުވެސް ގޯސް ހަދާ މީހާ ކަމަށް މެނޭޖްމެންޓުން ނިންމާ ކަމަށެވެ.

އެރިކްސަން އިތުރަށް ބުނީ އޭނާ ކްލަބް ދޫކޮށްލާނެކަން އިއުލާން ކުރި ހިސާބުން ސަޕޯޓަރުންގެ އިތުރުން މެނޭޖްމެންޓްގެ ބައެއް ސްޓާފުންގެ ފަރާތުން ފުރައްސާރަކުރުން އޭނާ އަށް އަމާޒުވި ކަމަށާއި، ސަޕޯޓަރުން އިންތިޒާރު ކުރަމުން ދިޔައީ އޭނާ ޓީމުން ބަދަލުވާނެ ދުވަހަކަށް ކަމަށެވެ.

އެރިކްސަން ބުނީ އިންޓަ އާއިއެކު ކާމިޔާބު ހޯދަން ކެތްމަދުވެފައި ހުރިކަމަށާއި މިއީ ހަޔާތުގެ އާ ސޮފްހާއަކަށް ވާނެ ކަމަށާއި، އިޓަލީއަށް ހޭނެން ކުޑަ ދުވަސް ކޮޅެއް ނެގި ކަމުގައި ވިޔަސް އިންޓައާއި އެކު މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އިނގިރޭސި ކްލަބްތަކަށް ފާޑު ކިޔަމުން އެރިކްސަން ބުނީ އިނގިރޭސި ކްލަބްތަކުގެ މެނޭޖްމެންތުން ދެކޭ ގޮތުގައި ކުޅުންތެރިންގެ އުމުރުން 30 އަށް ކައިރިވީމަ އެކުޅުންތެރިންގެ ޕާފޯމެންސްއަށް ބަދަލު އަންނާނެ ކަމަށް ކަމުގައާއި އެހިސާބުން ޓީމުތަކުން އެ ކުޅުންތެރިންނާއި މެދު އަމަލު ކުރަމުން ގެންދަނީ ވަރަށް ދެރަވަރުކޮށް ކަމަށް އެރިކްސަން ބުންޏެވެ.

އަޔެކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 291 މެޗުގައި 68 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

މީގެ އިތުރުން ހަތަރު ފަހަރު ޑެންމާރކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު