Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯލްޑް ސަމިޓް

ދުނިޔޭގެ ސުލްހަމަސަލަސްކަމާއި ގުޅޭ ސަމިޓްގައި ރާއްޖެއިން ބައިވެރިވެއްޖެ

4 ފެބުރުއަރީ 2020 | އަންގާރަ 17:54

މި ސަމިޓުގައި 170 ގައުމަކުން 5000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 4 ފެބުރުއަރީ 2020 | އަންގާރަ 17:54
ރާއްޖޭގެ ވަފްދުގެ ބޭފުޅުން

ރާއްޖޭގެ ވަފްދުގެ ބޭފުޅުން

ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމާއި ގުޅޭ ސަމިޓެއްކަމަށްވާ ޔުނިވަރސަލް ޕީސް ފެޑެރޭޝަން ވޯލްޑް ސަމިޓްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެވަޑައިގެންފިއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ކުރިޔަށްދާ މި ސަމިޓްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ އިސް މަގާމުތަކެއް އަދާ ކުރައްވައިފައިވާ އިބްރާހީމް ޝަހީދު ޒަކީ އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ އިތުރުން ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަރުޝަދު އަޝްރަފް އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ވަފްދުގެ ހެޑް އޮފް ޑެލިގޭޓްސް ޝަހީދު ޒަކީ ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ސަގާފަތްތަކާ ތަފާތު ދީންތަކުގެ މީހުން އެއްކުރުވާ އެކަކު އަނެކަކަށް، ވަރަށް ގާތުން ތައާރުފުވެ ދެނެގަތުމުގެ ފުރުސަތު މި ކޮންފަރެންސު މެދުވެރިކުރުވި ކަމަށާއި އަދި އެކަކު އަނެކަކުގެ ޚިޔާލާތުތަކާއި ފިކުރުތައް، ރައުޔުތަކާ ދެކޭ ގޮތްތައް އަޑުއަހައި ވިސްނާނެ ފުރުސަތު ލިބިގެންދިޔަ ކަމަށަވެ.

އޭނާ ވިދާޅުވީ މި ކޮންފަރެންސް ނިމިގެންދާނީ ވަރަށް ވެސް އީޖާބީ ނަތީޖާއެއް ނެރެދީފައި ކަމަށާއި ރާއްޖެއާއި ބީރައްޓެހި ސަގާފަތްތަކުން ކޮންމެ ވެސް އެއްޗެއް ދަސްކޮށްދީ އެ ބީރައްޓެހިކަމަށް ކޮންމެވެސް ވަރެއްގެ ރައްޓެހިކަމެއް ގެނެސްދޭނެ ކަމަށެވެ.

މި މަހުގެ ތިނަކުން އަށެއްގެ ނިޔަލަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ބައިވެރިވާ މެމްބަރުން އެ މެމްބަރުންގެ ގައުމަތަކަށް ގޮސް ތަފާތު ފިކުރުތަކުގެ މީސްތަކުންގެ މެދުގައި އެކުވެރިކަން ގާއިމުކުރުމާ ސުލްހައިގެ މެސެޖް ފޯރުކޮށްދޭނޭ ސަފީރުންކަމުގައި ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަހީދު ޒަކީ ވިދާޅުވިއެވެ.

މި ސަމިޓުގައި 170 ގައުމަކުން 5000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ. މި ސަމިޓް ހުޅުއްވައިދެއްވީ ޔުނިވަރސަލް ޕީސް ފެޑެރޭޝަނުގެ ކޯ ފައުންޑަރ ޑރ. ނޮޗް ޔޭސް ހޭ އެވެ. މި ސަމިޓް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ޔުނައިޓެޑް ނޭޝަންސްގެ (ޔޫއެން) ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވެސް ތަގުރީރު ކުރެއްވިއެވެ. މީގެ އިތުރުން ގައުމުތަކުގެ ކުރީގެ ރައީސުންނާއި، ބޮޑު ވަޒީރުންގެ އިތުރުން މަޖިލީހުގެ ރައީސުންވެސް ވަނީ ތަގުރީރު ކުރައްވައިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް