Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިވާން ރަކިޓިޗް

ޖެނުއަރީގައި ބާސާ ދޫކޮށްލަން ވިސްނިން: ރަކިޓިޗް

ރަކިޓިޗް ހޯދުމަށް ޔުވެންޓަސް އާއި އިންޓަ މިލާނުން ވަނީ މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ފެބުރުއަރީ 2020 | އަންގާރަ 08:13
ބާސާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް

ބާސާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް

ނިމިދިޔަ ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި ބާސެލޯނާ ދޫކޮށްލަން ވިސްނި ކަމަށް ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފި އެވެ.

ކުޅެން ފުރުސަތު ނުލިބޭތީ ދެރަވާ ކަމަށް ބުނެ ޖެނުއަރީ މަހު ކްލަބު ދޫކޮށްލަފާނެ ކަމުގެ އިޝާރަތެއް މީގެ ކުރިންވެސް ރަކިޓިޗް ދިންިއރު، އޭނާ ހޯދުމަށް ޖެނުއަރީގައި ޔުވެންޓަރސް އަދި އިންޓަރ މިލާނުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި ބައެއް މީޑިއާތަކުން ވަނީ ނޭމާ އަނބުރާ ހޯދުމަށް ރަކިޓިޗް ޕީއެސްޖީއަށް ވިއްކާލަން އުޅުނު ކަމަށްވެސް ރިޕޯޓުކޮށްފައެވެ.

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހު ލެވަންޓޭ އަތުން 2-1 އިން ބާސާ މޮޅުވި މެޗަށްފަހު ރަކޮޓިޗް ބުނީ ކުރީގެ ކޯޗު އާނެސްޓޭ ވަލްވޭޑޭ އޭނާއާ ދޭތެރޭ ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް މިހާރު އެއީ މާޒީ ކަމަށެވެ. އަދި ނިމިދިޔަ ޖެނުއަރީ ޓްރާންސްފާރގައި ބާސާ ދޫކޮށްލުމަށް ބޭނުންވި ކަމަށްވެސް ރަކިޓިޗް ވަނީ އެއްބަސްވެފައެވެ.

ވަލްވޭޑޭގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ ކުރީކޮޅު ރަކިޓިޗްއަށް ބާސާގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުނު ނަމަވެސް، ފަހަކަށް އައިސް ބާސާގެ ފުރަތަމަ އެގާރައިގައި ރަކިޓިޗް އަންނަނީ ހިމަނަމުންނެވެ. އެގޮތުން ސެޓިއެންގެ އިރުޝާދުގެ ދަށުން މިހާރު ކުޅެމުން އަންނަ ބާސާއިން ލީގުގައި އެންމެ ފަހުން ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ 90 މިނެޓު ރަކިޓިޗް ވަނީ ފުރިހަމަ ކޮށްފައެވެ.

ރަކިޓިޗް ބާސާއާއެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއަކީ 125 މިލިއަން ޔޫރޯއެވެ.

ބަސެލް އިން ސީނިއަރ ކެރިއަރު ފެށި ރަކިޓިޗް ވަނީ ޝާލްކޭ އާއި ސެވިއްޔާ އަށް ވެސް ކުޅެފައެވެ. އޭނާ ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ރަކިޓިޗް ވަނީ މިހާތަނަށް ބާސާ އަށް ކުޅުނު 292 މެޗުގައި 35 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބާސާއާ އެކު ސްޕެނިޝް ލީގު ތިން ފަހަރު، ސްޕެނިޝް ކަޕް ހަތަރު ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކްލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު