Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ކުޅުންތެރިންގެ ސްކީމް

އިންޝުއަރެންސް ސްކީމަކީ ޒުވާން އެތުލީޓުންނަށް ލިބޭނެ އިތުރު ހިތްވަރެއް: އިމްރާން

ގައުމީ ޓީމަކަށް 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔާކުރުމުން ލޯން ސްކީމެއް ގާއިމުކުރަނީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ފެބުރުއަރީ 2020 | ހޯމަ 17:58
އިމްރާން މުހައްމަދު ގައުމީ އިނާމު ހާސިލުކުރުން

އިމްރާން މުހައްމަދު ގައުމީ އިނާމު ހާސިލުކުރުން

ގައުމީ ޓީމުން ރިޓަޔާކުރާ ކުޅުންތެރިންނަށް ދޭން މަސައްކަތްކުރަމުން އަންނަ އިންޝުއަރެންސް ސްކީމަކީ ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގައުމީ ޓީމަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔާކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތައާރަފުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމަށް މީގެ ކުރިން ގައުމީ ޓީމުތަކުން ފެނިގެންދިޔަ ކުޅުންތެރިންނާއި މިހާރުވެސް ގައުމީ ޓީމަތަކަށް ކުޅެމުން އަންނަ ގިނަ ކުޅުންތެރިން ވަނީ މަރުހަބާ ކިޔާފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށްވާ އިމްރާން މުހައްމަދު ބުނީ ރާއްޖޭގެ ހުރިހާ އެތްލީޓުންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރުދަންނަވާ ކަމަށާއި، މިއީ ކުޅިވަރުގައި ގައުމީ ފެންވަރުގައި ކުރިއަށްދާން ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު 20 އަހަރުވީ ކުލަގަދަ، ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރުއެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރީ 2016 ވަނަ އަހަރު އެވެ. އަދި އިމްރާން ވަނީ މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2018

ޒުވާން ކީޕަރު ހަސަން ނިއުއަށް ސޮއި ކޮށްފި

09 ޖެނުއަރީ 2018
ޒުވާން ކީޕަރު ހަސަން ނިއުއަށް ސޮއި ކޮށްފި
27 ސެޕްޓެމްބަރު 2017

މައިލޯ ކަލާސް އެވޯޑު މިފަހަރު ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާއަށް

27 ސެޕްޓެމްބަރު 2017
މައިލޯ ކަލާސް އެވޯޑު މިފަހަރު ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާއަށް
15 އޯގަސްޓު 2017

ލަންކާއާ ދެކޮޅަށް ޒުވާން ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

15 އޯގަސްޓު 2017
ލަންކާއާ ދެކޮޅަށް ޒުވާން ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު