Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރޯނާވައިރަސް

ކޮރޯނާވައިރަސް އަށް ޓެސްޓު ކުރެވުނު 7 މީހުން ބައްޔަށް ނެގެޓިވް

ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލިހުރެދާނެކަމަށް ޝައްކު ނުކުރެވޭ 4 މީހެއްގެ ޓެސްޓުހަދާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 3 ފެބުރުއަރީ 2020 | ހޯމަ 09:52
ކޮރޯނާވައިރަސްގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސް

ކޮރޯނާވައިރަސްގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސް

ކޮރޯނާވައިރަސް އަށް ޓެސްޓު ކުރެވުނު 7 މީހުންގެ ޓެސްޓު ނަތީޖާ ނެގެޓިވް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

"ނޮވެލް ކޮރޯނާ ވައިރަސް" އަށް ޓެސްޓް ކުރެވުނު ފަރާތްތަކުގެ ޓެސްޓް ނަތީޖާ ނެގަޓިވް ވުމާ ބެހޭ ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކުރިއަށްގެންދެވޭ ސަރވެއިލަންސްގެ ދަށުންބަލިހުރެދާނެކަމަށް ބެލެވޭ މިންގަނޑަށް ފެތޭ 20 އަހަރުގެ ޒުވާނެއް ފާހަގަކުރެވިގެން އައިސޮލޭޝަން ފެސިލިޓީއެއް ކަމަށްވާ ފުނަދޫގައި އެކަހެރިކޮށް ބަހައްޓައިގެން ފަރުވާދެވިފައިވެއެވެ. އަދި ނޮވެލް ކޮރޯނާވައިރަސް އަށް މި ފަރާތްތައް ޓެސްޓްކުރެވިފައިވާ ކަމަށާއި ޓެސްޓުގެ ނަތީޖާ ދައްކަނީ ނޮވެލްކޮރޯނާވައިރަސް އަށް ނެގެޓިވް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން، ބަލިހުރެދާނެކަމަށް ޝައްކުކުރެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަޑުތަކަށް ނުފެތުނު ނަމަވެސް އިތުރު 6 ފަރާތެއްވަނީ ސާމްޕަލް ނަގާ ޓެސްޓު ކުރެވިފައިކަމަށް އެ އޭޖެންސީން ބުނެއެވެ. އެގޮތުން އެ ފަރާތްތަކުގެ ޓެސްޓުގެ ނަތީޖާ ވެސް ދައްކަނީ ނެގެޓިވް ކޮށްކަމަށެވެ.

މިހާތަނަށް ބަލިހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތިގެން އެކަހެރި ކުރެވި ޚިދުމަތްދީފައިވަނީ އެންމެ މީހަކަށެވެ. އަދި ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓުކޮށްފައިވާ ނަމަވެސް ބަލިހުރެދާނެކަމަށް ޝައްކު ނުކުރެވޭ 4 މީހުންނާއި ބަލީގެ އަލާމާތެއް ނުފެންނަ، އެހެން ނަމަވެސް ޗައިނާއިން ދަތުރުކޮށްފައިވާ 2 ދިވެހިން ޓެސްޓުކުރެވުނު މީހުންގެ ތެރޭގައި ހިމެނެއެވެ.

މި ހުރިހާ ފަރާތްތަކަކަށްވެސް ނަތީޖާ މިހާރުވަނީ އެނގިފައިވާ ކަމަށާއި މި ނަތީޖާ ލިބިފައިވާތީ މިހުރިހާ ފަރާތްތައްވެސް މިހާރުވަނީ އެ އޭޖެންސީގެ މޮނިޓަރިންގެ ދަށުން ދޫކޮށްލެވިފައިކަމަށެވެ. މިއާއެކު މި ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާ އަދި މޮނިޓަރިންގައި ބެހެއްޓިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތް ކަމަށް އެއޭޖެންސީން ބުނެއެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

ރަމަޟާން މަހުގައި އެމީހަކަށް ކުރެވުނު ހެޔޮއަމަލުތަކަށް ބޮޑާވެ ނުގަތުމަށް ގޮވާލައިފި

30 ޖޫން 2017
ރަމަޟާން މަހުގައި އެމީހަކަށް ކުރެވުނު ހެޔޮއަމަލުތަކަށް ބޮޑާވެ ނުގަތުމަށް ގޮވާލައިފި
16 ޖޫން 2017

މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު

16 ޖޫން 2017
މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު
22 މެއި 2017

ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު

22 މެއި 2017
ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް