Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނު

ތާލިބާނާއެކު އެމެރިކާއިން ކުރިޔަށް ގެންދާ ސުލްހައިގެ ވާހަކަތަކުގެ މައުލޫމާތު އަފްޣާނިސްތާނުގެ ރައީސާ ހިއްސާކޮށްފި

މިހާތަނަށް އާއިރު މިވާހަކަތަކުން މުހިންމު ކުރިއެރުންތަކެއް ލިބިފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ފެބުރުއަރީ 2020 | އާދީއްތަ 20:03
ސުލްހައިގެ ވާހަަކަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޚާލިޒާދު

ސުލްހައިގެ ވާހަަކަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޚާލިޒާދު

އެމެރިކާ އާއި ތާލިބާން ހަނގުރާމަވެރިންނާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށްއުޅުއްވާ ޒަލްމޭ ޚާލިޒާދު އެވާހަކަތަކުގެ މައުލޫމާތު އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ އާ ހިއްސާކުރައްވައިފި އެވެ.

ޚާލިޒާދު ވިދާޅުވެފައިވަނީ މިހާތަނަށް އާއިރު މިވާހަކަތަކުން މުހިންމު ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މިވާހަކަތަކަށް ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް ޚާލިޒާދު ވަނީ ވިދާޅުވެފަ އެވެ. އަދި ހަމައެއާއެކު ހަމަލާބަދަލުކުރުން މަދުކުރުމާމެދު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވީނަމަވެސް އެކަމަށް އެކުލަވާލަންޖެހޭ ޓައިމްފްރޭމް އެކުލަވާނުލާކަމަށްވެ އެވެ.

ޚާލިޒާދު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް މިވަޑައިގަތީ ދޯހާއާއި ބްރަސަލްސް އާއި އިސްލާމްއާބާދުގައި ވާހަކަތައް ކުރިޔަށް ގެންދިޔުމަށްފަހު ކަމުއެވެ.

ޚާލިޒާދާ ބައްދަލުކުރުމަށްފަހު ޣަނީގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިހާރު ކުރިޔަށްދާ ވާހަކަތަކުން އަފްޣާނިސްތާނުގައި 18 އަހަރު ވަންދެން ކުރިޔަށްދާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެކަމަށް ޚާލިޒާދު އުންމީދުކުރައްވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވިދާޅުވާ ސުލްހައިގެ ވާހަކަތައް ކުރިޔަށްދާއިރު ތާލިބާނުންނަށް ވަކި ޝަރުތުތަކެއް ކަނޑައެއްނޭޅޭނެ އެވެ. ނަމަވެސް ޣަނީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ހަމަލާދިނުން ތާލިބާނުން ހުއްޓާލަންޖެހޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު ޕާކިސްތާނުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ޚާލިޒާދާ ޕާކިސްތާނާއެކު ވާހަކަތައް ކުރިޔަށްގެންދެވީ ސުލްހައިގެ ވާހަކަތަކަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ތާލިބާނުން ދެމުންގެންދާ ހަމަލާތައް މަދުކުރުމަށް ތާލިބާނަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ތާލިބާނާއެކު ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންގޮސް ސުލްހަ ގާއިމުވެގެންދިޔުމަކީ ޕާކިސްތާނުން އެދޭގޮތްކަމަށެވެ.

ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދާއިރު އަފްޣާނިސްތާނުގެ ސަރުކާރާއި އެމެރިކާގެ ފައުޖުތަކުން ހަމަލާ ދެމުންގެންދާތީ ސުލްހައިގެ ވާހަކަތައް ރަނގަޅަށް ނިމޭނެކަމާމެދު ވަނީ މިހާރު ޝައްކު އުފެދިފަ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު