Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަށް ގިރުން

އާދަޔާޚިލާފަށް ރަށްތައް ގިރުމާއި ގުޅިގެން މެމްބަރުންގެ ގިނަ ސުވާލުތަކެއް!

އާދަޔާ ޚިލާފަށް ރަށްތައް ގިރަމުންދަނީ އިންޑިއާ ކަނޑުގައި އުފެދޭ ޚާއްސަ ހާލަތަކާއި ގުޅިގެން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2020 | އާދީއްތަ 14:33
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

އާދަޔާ ޚިލާފަށް ރަށްތައް ގިރަމުންދަނީ އިންޑިއާ ކަނޑުގައި އުފެދޭ ޚާއްސަ ހާލަތަކާއި ގުޅިގެން ކަމަށް އެންވަރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އާދަޔާ ޚިލާފަށް ރާއްޖޭގެ ރަށްތައް ގިރެމުންދާތީ އާދީއްތަ ދުވަހު ކަމާބެހޭ އިދާރާތައް ހާޒިރުކޮށް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި މެމްބަރުންގެ ގިނަ ސުވާލުތަކެއް ކަމާބެހޭ އިދާރާތަކާއި ކުރިމަތި ކޮށްފައިވެއެވެ. އެގޮތުން ކޮމިޓީގައި އެންމެ ގިނައިން މެމްބަރުން ކުރެއްވި ސުވާލަކީ އާދަޔާ ޚިލާފަށް ރަށްތައް ގިރުމަކީ ކުރިންވެސް ހިނގާފައިވާ ކަމެއްތޯއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އުތުރުގެ 30 ރަށަކަށް ޒިޔާރާތް ކުރި ކަމަށެވެ. އެގޮތުން ފަޅު ރަށްރަށަށާއި މީހުން އުޅޭ ރަށްރަށަށްވެސް ދަތުރު ކުރެވުނު ކަމަށެވެ. މިދަތުރުގައި ރަށްރަށް ގިރަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި ދަތުރުގައި ރަށްރަށުގައި ދިރިއުޅެމުންދާ މީހުންނާއި ވާހަކަދެކެވުނުއިރު މިހާރު ރާއްޖޭގެ ރަށްތައް ގިރަމުންދާގޮތަށް ގިރަނީ ކޮންމެ 5 އަހަރުން، 10 އަހަރުގެ ފްރީކުއެންސީއެއްގައި ކަން އެނގުނު ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެގޮތަށް ރަށްތައް ގިރަމުންދަނީ އިންޑިއާ ކަނޑުގައި އުފެދޭ ޚާއްސަ ހާލަތަކާއި ގުޅިގެން ކަމަށްކަމުގެ މާހިރުން ތައްޔާރުކޮށްފައިވާ ސައިންސް ރީސަރޗުތަކުން އެނގޭ ކަމަށެވެ.

އެކަމާއި ގުޅިގެން އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރ ޒައްމަތު ޚަލީލް ވިދާޅުވީ އެ ހާލަތަށް ކިޔަނީ އިންޑިއަން ޑައިޕޯލް އޮސިލޭޝަން ކަމަށެވެ. އެގޮތުން ތިން ފޭސް އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށެއް ހެދިގެން އަންނަނީ އެތައް ޒަމާނެއް ވަންދެން އެވަރެޖްކޮށް ވައިޖެހި، ރާޅު އަންނަ، އޮއެ ދެމޭ ގޮތަށް ކަމަށެވެ. އަދި ދިގު މުއްދަތަކަށް ކަންތައްތައް އަންނަ ގޮތާއި ޚިލާފަށް ރަށަކަށް ކަންތައްތައް ކުރިމަތިވާނަމަ ރަށް އޮންނަ ގޮތަށް ކޮންވެސް ވަރެއްގެ ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން ރަށްގިރާ ގޮތާއި، ރަށް ގިރުމުގެ މަރުހަލާތައްވެސް ތަފާތުވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި "ޕޮޒިޓިވް" ފޭސް އައުމަށްފަހު ދެން އަންނާނީ "ނިއުޓްރަލް ފޭސް" ކަމަށެވެ. އަދި އާއްމު ހާލަތަށް އެޅުމާއެކު ރަށުގެ ވެލިގަނޑު އަނބުރާ އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ ގިރި ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑު ފާރެއް ނުރާނާނަމައެވެ.

ޒައްމަތު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި 4 ފަހަރު މިގޮތަށް ހިނގާފައިވާ ކަމަށެވެ. އެއީ 5 އަހަރާއި 10 އަހަރާއި ދެމެދު ކަމަށެވެ. އަދި މިގޮތަށް ކަންކަން ވާއިރު، ރަށް ގިރާނެ މިންވަރު ބަރޯސާ ވަނީ ފޭސް އަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު