Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލް

"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ފެބުރުއަރީ 2020 | އާދީއްތަ 13:29
ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގައި އެހީގައި ހުޅުވާފައިވާ ޕާކެއް

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގައި އެހީގައި ހުޅުވާފައިވާ ޕާކެއް

ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައިވެސް 5 ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ކުއާޓަރގެ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ފެބްރުއަރީ އެވެ. މި ފަންޑާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ގެ އެންމެ މުހިންމު އެއް އަމާޒަކީ ބޭންކާއި ދިވެހި މުޖުތަމައުއާ އޮތް ގުޅުން ބަދަހިކުރުން ކަމަށެވެ.

2019 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް 1 މިލައަން ރުފިޔާ ހޭދަކޮށްފައެވެ. މިގޮތުން ނެއްލައިދޫ ކޮމިއުނިޓީ ޕާކާއި، ދ. މާއެނބޫދޫގެ ސްކޫލު ލައިބްރަރީ ތަރައްގީކުރުމާއި، އއ. ދަނގެތި އަދި ށ. ފޭދޫގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމާއި، ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި ކ. ގާފަރުގައި ސެން ކްލާސްރޫމެއް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޑރ. ޑީޑީ ހަދިޔާކޮށްފި

20 އެޕްރީލު 2017
އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޑރ. ޑީޑީ ހަދިޔާކޮށްފި
19 އެޕްރީލު 2017

ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި

19 އެޕްރީލު 2017
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި
07 އެޕްރީލު 2017

ރާއްޖެޓީވީގެ ފަންޑަށް ފަންސާސް ހާސް ރުފިޔާ ދޭން މެމްބަރު ނިޒާރު ނިންމަވައިފި

07 އެޕްރީލު 2017
ރާއްޖެޓީވީގެ ފަންޑަށް ފަންސާސް ހާސް ރުފިޔާ ދޭން މެމްބަރު ނިޒާރު ނިންމަވައިފި
02 އެޕްރީލު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ކުރެންދޫގެ 8،800 ރ.

02 އެޕްރީލު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ކުރެންދޫގެ 8،800 ރ.
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު