Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ އަބުރުފުޅު ފަންޑު

ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި

މިފައިސާ ހަދިޔާކޮށްފައިވަނީ އަބުރުގެ ގާނޫނަށް ދެކޮޅު ހެދުމުގެ ގޮތުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 19 އެޕްރީލު 2017 | ބުދަ 19:12
އަބުރުފުޅު ފަންޑަށް ފައިސާ ހަދިޔާކުރަނީ

އަބުރުފުޅު ފަންޑަށް ފައިސާ ހަދިޔާކުރަނީ

އެއް މިލިއަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި، ގުޅިގެން ހުޅުވާފައިވާ އަބުރުފުޅު ފަންޑަށް ކާށިދޫ ދައިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ރާއްޖެޓީވީއަށް 50 ހާސް ރުފިޔާ ހަދިޔާކުރީ އަބުރުގެ ގާނޫނާއި ދެކޮޅު ހެދުމަށާއި ނޫށްވެރިކަމުގެ މިނިވަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. ޖާބިރުގެ ފަރާތުން މި ފައިސާ ރާއްޖެޓީވީއަށް ހަދިޔާކުރީ ޔޮޓްޓޫއާސްގެ ލީގަލް ޑިޕާޓްމެންޓްގެ އޮފިސަރު ސައްފާނު ހަލީލެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ އޭޕްރީލް 6 ވަނަ ދުވަހު އެވެ. އަދި އެފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ، އަންގާފަ އެވެ

ރާއްޖެޓީވީ ޖޫރިމަނާކޮށްފައި ވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހުގެ ރޭ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީގެ ކުރިން ވަނީ ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ވަނީ ދައްކާފަ އެވެ.

ރާއްޖެޓީވީން އިސްނަގައިގެންވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމް ކުރުމުގެ ބަދަލުގައި ވަކިވަކި މިޑިއާތަކަށް ހުރަސްއަޅަމުންދާތީ، އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ވެސް އެކުލަވާލާފަ އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު