Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބުރުފުޅު ފަންޑު

އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޑރ. ޑީޑީ ހަދިޔާކޮށްފި

އަބުރުފުޅު ފަންޑު ހުޅުވާފައިވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 17:57
ޑރ ޑީޑީ 50 ހާސް ރުފިޔާ ހަދިޔާ ކުރަނީ

ޑރ ޑީޑީ 50 ހާސް ރުފިޔާ ހަދިޔާ ކުރަނީ

ބްރޮޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމް ކުރުމުގެ ބަދަލުގައި ވަކިވަކި މިޑިޔާތަކަށް ހުރަސްއަޅަމުންދާތީ، އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުން ވަކި ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީގެ ހުރިހާ މުއައްޒަފުން ސޮއި ކުރައްވައި، އަބުރުފުޅު ފަންޑަށް 50،000 ހަދިޔާ ކުރައްވައިފި އެވެ.

ރާއްޖެޓީވީން އިސްނަގައިގެން މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ޕެޓިޝަންގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީޑިއާގެ މިނިވަންކަމުގެ ހައްގަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހީނަރުކަން ފޯރުވަމުންދާކަން ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

ބްރޮޑްކާސްޓިން ކޮމިޝަނަކީ މުސްތަގިއްލު މުއައްސަސާއަކަށް ވާއިރު ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި އެކޮމިޝަނުން މަސައްކަތް ނުކުރާކަމުގެ ހެކިތައް ފެންނަމުންދާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މި ޕެޓިޝަންގައި ވަނީ ބުނެފަ އެވެ. އެގޮތުން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުން ދިއުމާއި މީޑިޔާތައް ބާރުވެރިކުރުމުގެ ބަދަލުގައި މީޑިޔާގެ މަސައްކަތަށް ނަހަމަގޮތުގައި ނުފޫޒު ފޯރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މި ޕެޓިޝަނުގައި ބުނެ އެވެ.

"ޓާގެޓް ކޮށްގެން ބްރޯޑްކާސްޓިންގް ކޮމިޝަނުން އަޅަމުންދާ ބޭއިންސާފު ފިޔަވަޅުތަކުގެ ސަބަބުން ބިރުވެރި ކަމެއް، ބިރު ދެއްކުމެއް ނެތި ނޫސްވެރިކަން ކުރެވޭ މާހަލެއް ރާއްޖޭގައި އޮތަ ނުދިނުމަށް ކޮމިޝަނުގެ މެންބަރުން މަސައްކަތް ކުރަމުންގެންދާ ކަމަށް ބެލެވޭތީއާއި؛.." ޕެޓިޝަންގައި ބުނެފައިވެ އެވެ.

ޕެޓިޝަނުގައި އިތުރަށް ވަނީ ބްރޮޑްކާސްޓިން ކޮމިޝަނުން ޕްރޮފެޝަނަލް މިންގަނޑުތަކުން އެއްކިބާވެ، އަދުލު އިންސާފުގެ މަގުން އެކަހެރިވެ އަމަލު ކުރަމުންދާކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ކޮމިޝަނުގައި މިހާރު ތިބި މެންބަރުންނަކީ އިތުބާރު ކުރެވޭނެ މެންބަރުން ކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް މި ޕެޓިޝަންގައި ބުނެފައިވެ އެވެ. އަދި ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ އަމަލުތައް ހުރި ގޮތުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމުގައިވާ ނޫސްވެރިކަމަށް ހީނަރުކަން އައިސްފައިވާ ކަމަށް މި ޕެޓީޝަނުގައި ފާހަގަކޮށްފައިވެ އެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް ގޮވާލާ ޕެޓިޝަނެއް އެކުލަވާލާފައިވާ އިރު، މި ޕެޓިޝަނުގައި ސޮއި ކުރުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖެޓީވީން މިފަދަ ޕެޓިޝަނެއް ހުށަހެޅުމަށް ނިންމާފައި ވަނީ، އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކި ދުވަހު އަނެއްކާ އެއް މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު