Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން 60 ޕަސެންޓް ގޮނޑި ކާމިޔާބު ކުރާނެ: ރައީސް ނަޝީދު

1 ފެބުރުއަރީ 2020 | ހޮނިހިރު 10:40

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުން ވޯޓުގައި ބައިވެރިވެފައިވާތީ، އެމްޑީޕީގެ މެމްބަރުން މިކަމުގައި ހުރި ޝައުވެރިކަން ހާމަވެއްޖެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ފެބުރުއަރީ 2020 | ހޮނިހިރު 10:40
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން 60 ޕަސެންޓަށްވުރެ ގިނަ ގޮނޑި ކަމިޔާބު ކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަ ކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެޕާޓީން ހުކުރު ދުވަހު ބޭއްވި ޕްރައިމަރީއާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާފައިވާ މީހުންގެ ޢަދަދާއި އަދި ވޯޓު ލުމުގައި އެމްޑީޕީގެ ޢާންމު މެންބަރުން ހުރި ޝައުޤުވެރިކަމާއިއެކު، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އެމްޑީޕީއަށް 60 ޕަސެންޓަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް ޤަބޫކުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާނެ އަދި ކެމްޕެއިން ކުރުމުގެ ހިތްވަރެއް އަދި، އެކަމުގެ ހުނަރެއްވެސް ނެތްކަމަށެވެ. އަދި ޕްރައިމަރީ ބާއްވައިގެން، ޕާޓީގެ ޓިކެޓު ޙަވާލުކުރުމުގެ މާބޮޑު ވިސްނުމެއް އިދިކޮޅު ޕާޓީތަކުގެ ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ބާއްވާ ޕްރައިމަރީތަކަކީ އަބަދުވެސް ވަރަށް ވާދަވެރި ރޫޙެއްގައި ކެމްޕެއިންކޮށް، ބޭއްވޭ ޕްރައިމަރީތަކަކަށްވާތީ، ހުކުރު ދުވަހު ބޭއްވި ޕްރައިމަރީއަކީ ވެސް ވަރަށް ވާދަވެރި، ވާދަކުރެއްވި ކެންޑިޑޭޓުންގެ މެދުގައި ކޮންމެވެސް ވަރަކަށް ނުރުހުމުގެ ކަންކަން ހުރިނަމަވެސް ޢާންމުގޮތެއްގައި ރަނގަޅު ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވި ފަރާތްތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކުރިން ވީވަރަކުން ބައްދަލު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މިވަގުތު ހުރި ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ ގޮތުގައި ތިއްބެވި ސިޓީ މޭޔަރުން ޕްރައިމަރީގައި ނާކާމިޔާބު ވެވަޑައިގެންނެވީ އެބޭފުޅުންގެ ނާޤާބިލުކަމުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ސީޓީ މޭޔަރުންނަށް ކުރިމަތިވި ނާކާމިޔާބަކީ ކުރިމަތިވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިޓީ ކައުންސިލްތަކުގެ ބާރުތައް ސަރުކާރުގެ މިނިސްޓްރީތަކަށް ނެގުމުން، ސިޓީ ކައުންސިލްތަކަށް ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދެވޭނެ ފުރުޞަތުތައް ފަހި ކޮށްދީފައި ނުވާތީ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ އޭރު ހިނގަމުންދިޔަ، ޕީޕީއެމް ކޯލިޝަންގެ މެޖޯރިޓީ އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަދި ކައުންސިލްތަކުގެ ބެލެނިވެރިފަރާތްކަމަށްވާ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުވެސް ސަރުކާރުގެ މުށުތެރެއަށް ގެނެސްފައެވެ. އަދި ސަރުކާރާ ދެކޮޅު ނުވަތަ އެމްޑީޕީއަށް މެޖޯރިޓީ އޮތް ގިނަ ކައުންސިލަރުންތަކެއް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން، އަދި މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުމާއެކު، ސަރުކާރާއި އެމްޑީޕީއާ ގުޅިގެން ވަނީ، ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ކައުންސިލްތަކަށް ހިންގުމުގެ ބާރާއި މާލީ ބާރުވެރިކަން ދީފައި ވެއެވެ. އަދި ކައުންސިލްތަކުގެ އުމުރުވެސް ތިން އަހަރުން ފަސް އަހަރަށް އިތުރު ކުރުމަށް ޤާނޫނުއަސާސީއަށް އިޞްލާޙުގެނެސްފައި ވެއެވެ.

އެމްޑީޕީން ބުނަމުންދަނީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއަށް ފަރިތަ، އަދި އެނިޒާމު ރާއްޖޭގައި ހިންގަން ބޭނުންވާ ޕާޓީކަމަށާއި އިދިކޮޅު ޕާޓީތަކަށް ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގުމުގެ ހުނަރެއް އަދި އެކަމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް