Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

ޒިޔަދަމްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ޒިޔަދަމް މަރާލީ 2015 ވަނަ އަހަރުގެ މާރވު މަހުގެ 20 ވަނަ ދުވަހުގެ ރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ފެބުރުއަރީ 2020 | ހޮނިހިރު 04:23
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

2015 ވަނަ އަހަރުގެ މާރޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ތޫނު އެއްޗަކުން ހަމާލާދީ ޒިޔަދަމް މަރާލާފައިވާއިރު، މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ އެރަށު ހީނާވިލާ، މުޙައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

މި ދެ މީހުންގެ މައްޗަށްވެސް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 13:30 އަށެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އެރަށު ވަގުތީހިޔާ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް އޭނާގެ ފަލަމަސްގަނޑަށް ޝަނޫނާއި ސިފާމް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.

އަދި އެ ޙަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެ ދެ މީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ޙަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުން އުފުލި ދަޢުވާގައި ބުނެފައިވެ އެވެ.

ޒިޔަދަމް މަރާލުމުގެ ދަޢުވާގެ އިތުރުން، އިތުރު ދެ ދަޢުވާއެއް އޭރު ޝަނޫންގެ މައްޗަށް އުފުލާފައިވެ އެވެ. އެއީ ބިރު ދެއްކުމުގެ ދަޢުވާއަކާއި މާރާމާރީ ހިންގުމުގެ ދައުވާއެކެވެ. މާރާމާރީ ހިންގުމުގެ ދަޢުވާ އުފުލާފައިވަނީ ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް އޭގެ ތެރެއިން މީހަކަށް ޝަނޫން ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ބިރުދެއްކުމުގެ ދައުވާ ކުރަނީ ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ކުރިން ބޭއްވި އަޑުއެހުމެއްގައި ޝަނޫން ވަނީ މަރުގެ ދައުވާއެއް ކޮށްފައިވަނިކޮށް އިތުރު ދެ ދައުވާއެއް އުފުލީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އޭނާ ބުނީ އެ މައްސަލަ ސާބިތުވެއްޖެނަމަ މަރަށް މަރުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށާއި އެހެންކަމުން އިތުރު ދަޢުވާތަކެއް އުފުލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައިވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ވަޅިއަކުން އޭނާއަށް ދިން ޙަމަލާގެ ސަބަބުންނެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު