Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ނާއިމް

ޒުވާން ފޯވާޑް ނާއިމް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

ނާއިމަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލީގުގައި މާޒިޔާއާ ދެކޮަޅަށް ކުޅުނު މެޗުގެ ތެރެއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖެނުއަރީ 2020 | ބުރާސްފަތި 11:56
ނާއިމް ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު

ނާއިމް ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު

ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު ނާއިމްގެ ކަކުލު ހުޅަށް ލިބިފައިވާ ސީރިއަސް އަނިޔާއިން ރަނގަޅު ވުމަށް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ނާއިމް ފަހަކަށް އައިސް އަންނަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ. ނާއިމްގެ ކަކުލު ހުޅަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 އިން އީގަލްސް މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަނުގައި އޭނާއަށް ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. އެ އަނިޔާއިން ރަނގަޅުވުމަށް ނާއިމް މިދިޔަ އަންގާރަ ދުވަހު ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.

ނާއިމްއަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭން ފެށީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ. އެ މުބާރާތުގައި އޭނާ ވަނީ މެޔޯޓް ކޮޅަށް ލަނޑު ޖަހައިފަ އެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ ތިން މެޗުގައި ވެސް ނާއިމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެކަމަކު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

28 މެއި 2017
އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
12 އެޕްރީލު 2017

ބަޓްރާގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

12 އެޕްރީލު 2017
ބަޓްރާގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު