Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ފެތުރެމުންދާ ޑެންގީ

އަރިދަފުސް ރޯގާއާއި ޑެންގީ ފެތުރެމުންދާތީ ރައްކާތެރިވުމަށް ހެލްތު މިނިސްޓްރީއިން އިލްތިމާސް ކޮށްފި

24 މެއި 2018 | ބުރާސްފަތި 14:11

ބަލިތައް ޖެޙޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 24 މެއި 2018 | ބުރާސްފަތި 14:11
އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލް

އަރިދަފުސް ރޯގާއި ޑެންގީ ހަލުވިކޮށް ރާއްޖޭގައި ފެތުރެމުންދާތީ ރައްކާވެ ތިބުމަށް ހެލްތު މިނިސްޓްރީގެ ދަށުން ހިގާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސް ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުނީ ބަލިތައް ދުވަހަކަށް ވުރެ ދުވަހެއް ފެތުރޭ މިންވަރު އިތުރު ވަވުންދާ ކަމަށާއި މިހާތަނަށް ބަލިތައް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. މާލޭގައި ބޮޑަށް ފެތުރެނީ ރޯގާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދަނީ ޑެންގީ ހުން ކަމަށް އެޗްޕީއޭ އިން ފާހަގަ ކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިދުވަސްވަރު ކުރަމުން ގެންދާ ވިއްސާރައާ ގުޅިގެން ޑެންގީ ފެތުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، މަދިރިން ރައްކާވެތިބުމަށް ހަށިގަނޑު ނިވާވާ ފޭރާން ލުމަށާއި މަދިރި ލޯޝަން އަދި މަދިރި ރެޕެލެންޓް ބޭނުން ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އާންމު މައުލޫމާތުގެ ގޮތުގައި ހިއްސާކުރަމުން އަންނަ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން ފާހަގަ ކޮށްފައެވެ. އެ އިދާރާއިން ވަނީ ބަޔާނެއްވެސް ނެރެ ރައްކާތެރި ކަމުގެ ހަތް ފިޔަވަޅު އެޅުމަށް އެދިފައެވެ.

ރައްކާތެރިވުމުގެ ފިޔަވަޅުތަކަކީ:

  1. ރޯގާ ޖެހިގެން އުޅޭނަމަ ކެއްސާ، ކިނބިހި އަޅާއިރު ރުމާ ނުވަތަ ޓިޝޫފަދަ އެއްޗަކުން އަނގަމަތި ފޮރުވުން. އަދި އަނގަމަތި ފޮރުވަން ބޭނުން ކުރާ ތަކެތި ހާމައަށް ނުބެހެއްޓުން
  2. އާންމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން
  3. ބަލިނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުން
  4. ބަލިނަމަ ކުޑަކުދިންނާ ދުރުގައި ހުރުން
  5. ދުންފަތުގެ އިސްތިއުމާލް ކުޑަކުދިން ކައިރީ، އެ ކުދިން ތިބޭ ތަންތަނުގައި ނުކުރުން
  6. ބަލި ޖެހުމުން، ނުރައްކާ ފުރުސަތު ބޮޑުމީހުންގެ ތެރެއިން އުމުރުން 5 އަހަރުގެ ދަށު ކުދިން، މާބަނޑު މީހުން، އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާކުރާ ބަލިމީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން، އަދި ބައްޔެއް މިފަރާތްތަކަށް ޖެހިއްޖިއްޔާ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން
  7. ބަލި މީހާ ޑޮކްޓަރަށް ދައްކަން ދާއިރު ވީހާވެސް މަދު މީހުން ދިއުމާއި ހޮސްޕިޓަލުގައި ބާއްވައިފައި އޮންނަ މީހަކަށް ޒިޔާރާތް ކުރަން ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މިކަންތަށް ފާހަގަ ކޮށްފައިވާއިރު އޭޑީކޭއިން މިމަހު 23 ވަނަ ދުވަހު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މޭ 1 އިން 10 އާ ހަމައަށް ހުން ޖެހިގެން 550 މީހުން އެ ހޮސްޕިޓަލަށް ދައްކާފައިވާއިރު، މޭ 11-21 އަކާ ހަމައަށް ހުން ޖެހިގެން 1394 މީހުން ވަނީ ދައްކާފައިވެއެވެ.

ކޮންމެ އަހަރަކުވެސް މޭ މަހާއި އޯގަސްޓް މަހާއި ދެމެދު ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެގެންދާއިރު، މި އަހަރުވެސް އެ މުއްދަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވެގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 މެއި 2018

ޑެންގީ ޖެހޭމީހުންގެ އަދަދު ދަނީ އިތުރުވަމުން: ޑރ. ނިޔާފު

03 މެއި 2018
ޑެންގީ ޖެހޭމީހުންގެ އަދަދު ދަނީ އިތުރުވަމުން: ޑރ. ނިޔާފު
01 މެއި 2018

ޑެންގީ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި

01 މެއި 2018
ޑެންގީ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި
11 ޖެނުއަރީ 2018

ޑެންގީ ހުން ފެތުރިދާނެކަމުގެ ބިރު އޮތުމުން ސަމާލުވުމަށް އިލްތިމާސްކޮށްފި

11 ޖެނުއަރީ 2018
ޑެންގީ ހުން ފެތުރިދާނެކަމުގެ ބިރު އޮތުމުން ސަމާލުވުމަށް އިލްތިމާސްކޮށްފި
13 ސެޕްޓެމްބަރު 2017

އަރިދަފުސް ރޯގާ އާއި ވައިރަލްހުންފެތުރެނީ. ސަމާލުވޭ: އެޗްޕީއޭ

13 ސެޕްޓެމްބަރު 2017
އަރިދަފުސް ރޯގާ އާއި ވައިރަލްހުންފެތުރެނީ. ސަމާލުވޭ: އެޗްޕީއޭ
22 ޖޫން 2017

ޑެންގީއާއި ބޭރަށް ހިންގުމުން ސަލާމަތްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

22 ޖޫން 2017
ޑެންގީއާއި ބޭރަށް ހިންގުމުން ސަލާމަތްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
11 ޖޫން 2017

މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

11 ޖޫން 2017
މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް