Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤަތަރުގެ މައްސަލަ

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް

ޑރ ބިލާލް ރާއްޖެ ވަޑައިގަތީ "ދަ ލެގަސީ" ގެ ދަށުން ބާއްވާ ދަރުސެއް ދެއްވުމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖުލައި 2017 | ބުދަ 11:44
ޑރ ބިލާލް ރާއްޖެ ވަޑައިގަތީ "ދަ ލެގަސީ" ގެ ދަށުން ބާއްވާ ދަރުސެއް ދެއްވުމަށް

ޑރ ބިލާލް ރާއްޖެ ވަޑައިގަތީ "ދަ ލެގަސީ" ގެ ދަށުން ބާއްވާ ދަރުސެއް ދެއްވުމަށް

ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގަތަރާމެދު އަޅާފައިވާ ފިޔަވަޅުތަކުން އެ ގައުމަށްދަނީ އިގްތިސާދީ އިތުރު ފައިދާތައް ވަމުންކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމު ވެރިޔާ ޑރ ބިލާލް ފިލިޕްސް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ޕީސް ފައުންޑޭޝަނުން "ދަ ލެގަސީ" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން ޚާއްސަ ދަރުސެއް ދެއްވުމަށް މާލެ ވަޑައިގެން އިއްޒުއްދީން ފާލަމުގައި ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބިލާލް ފިލިޕްސް ވިދާޅުވީ، ޤަތަރުން މީގެ ކުރިން ނުކުރާ ކަންކަން ކުރަން ޖެހިފައިވާކަމަށެވެ.

"އެނގި ލައްވާތޯ މިހާރު އެ މީހުން އަމިއްލައަށް ކިރު އުފެއްދުމަށް އެހެން ގައުމުތަކުން ގެރިވެސް އެތެރެކުރޭ، މީގެ ކުރިން އެމީހުން އުޅެނީ އެހެން ގައުމުތަކަށް ބަރޯސާވެގެން" ޤަތަރުގައި ދިރިއުޅުއްވާ ޖަމައިކާއަށް އުފަން ކެނެޑާގެ ރައްޔިތެއްކަމަށްވާ ބިލާލް ވިދާޅުވިއެވެ.

ޤަތަރުން ޓެރެރިޒަމަށް ވާގިވެރިވެދޭކަމަށްބުނެ ސައުދީއަރަބިއްޔާއާއި މިސްރާއި،ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރެއިނުން ވަނީ ޖޫންމަހުގެ 5 ވަނަ ދުވަހު ގަތަރާ ގުޅުން ކަނޑާލައި އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ކިރާއި ތަރުކާރީއާ މޭވާގެ ބާވަތްތައް މަދުވިޔަ ނުދީ އެގައުމަށް ފޯރުކޮށްދެމުންދަނީ އީރާނާއި ތުރުކީއިންނެވެ.

މީގެ ދެ ހަފްތާކުރިންވެސް ގަތަރުންވަނީ އެމެރިކާއާއި އޮސްޓްރޭލިޔާއިން 4،000 ގެރި ގަނެފައެވެ.

ބިލާލް ފިލިޕްސް ވިދާޅުވީ މިހާރު ގަތަރުން ދަނޑުވެރިކަމާއި އެހެން ދާއިރާތަކާމެދުވެސް ވިސްނަމުންދާކަމަށެވެ. އަދި މިކަމަކީ އެގައުމަށް އައު ފުރުސަތަކަށް ވެފައިވާ ކަމަށެވެ.

އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަމަށް އަސަރު ކުރާނެތޯ ދެންނެވުމުން ޑރ ބިލާލް ވިދާޅުވީ މިފަދަ ކަންކަމަކީ ސިޔާސީ ކަންކަން ކަމަށާއި އެކަހަލަ ކަންކަން އައިސް ގޮސްވާނެ ކަމަށެވެ.

ފަސް ދުވަސް ވަންދެން ޑރ. ބިލާލް ފިލިޕްސް ރާއްޖޭގައި ހުންނަވާނެ ކަމަށާއި، މުހިންމު އެތައް ހަރަކާތްތަކެއް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ޕީސް ފައުންޑޭޝަނުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހު "ދަ ލެގަސީ" އިފްތިތާހު ކުރާއިރު މިހަފްލާގައި ބިލާލް ފިލިޕްސްގެ ޚާއްސަ ދަރުސެއް މާލޭގައި އޮންނާނެއެވެ.

ޕީސް ފައުންޑޭޝަނުން ބުނީ ފުރުސަތު ލިބުނު ވަރަކުން "ދަ ލެގަސީ" ގެ ދަށުން އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު މަޝްހޫރު ދީނީ އިލްމްވެރިއަކު ރާއްޖެ ގެންނާނެ ކަމަށާއި، ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ޕީސް ފައުންޑޭޝަނަކީ ރާއްޖޭގައި އިޖުތިމާއީ އަދި ދީނީ ކަންކަން ދިރުވުމަށް 2010 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ މީގެ ކުރިން ޖަމްއިއްޔަތުއްސަލަފުން އިންތިޒާމުކުރި "ދަ ކޯލް" ގައި ދަރުސް ދެއްވުމަށް 2014 ވަނަ އަހަރުވެސް ބިލާލް ފިލިޕްސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ

ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ

16 އޯގަސްޓު 2017
ސިޔާސީ ފައިދާއަށް ޝަރުޢީ ނިޒާމް ބޭނުންކުރުމަކީ ޑިމޮކްރޮސީއާއި ދެކޮޅަށް ހިންގާ ޖަރީމާއެއް: ރައީސް މައުމޫން

ސިޔާސީ ފައިދާއަށް ޝަރުޢީ ނިޒާމް ބޭނުންކުރުމަކީ ޑިމޮކްރޮސީއާއި ދެކޮޅަށް ހިންގާ ޖަރީމާއެއް: ރައީސް މައުމޫން

19 ޖުލައި 2017
ކޮންމެ ދަތުރެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ، ހަމައެކަނި އޮތް ގޮތަކީ މަސީހު އިސްތިއުފާދިނުން: ލޯޔަރު ވައްޑެ

ކޮންމެ ދަތުރެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ، ހަމައެކަނި އޮތް ގޮތަކީ މަސީހު އިސްތިއުފާދިނުން: ލޯޔަރު ވައްޑެ

07 ޖުލައި 2017
ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ލިބޭނީ ހެޔޮ އަމަލް ކުރުމުގައި ދެމިތިބެގެން:އީދު ޚުތުބާ

ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ލިބޭނީ ހެޔޮ އަމަލް ކުރުމުގައި ދެމިތިބެގެން:އީދު ޚުތުބާ

25 ޖޫން 2017
ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

07 ޖޫން 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު