Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޮވެލް ކޮރޯނާވައިރަސް

ނޮވެލް ކޮރޯނާވައިރަސް: ޗައިނާއަށް ދަތުރުކޮށްފައިނުވާ ޖަޕާނުގެ މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިއްޖެ

މިވައިރަސްގެ އަސަރު ފެނިފައިވާ މީހަކީ އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ މީހެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ޖެނުއަރީ 2020 | އަންގާރަ 11:07
ކޮރޯނާވައިރަސް އަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަންނަނީ ޤައުމުތަކުން އަޅަމުން

ކޮރޯނާވައިރަސް އަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަންނަނީ ޤައުމުތަކުން އަޅަމުން

ޗައިނާއަށް ދަތުރުކޮށްފައިނުވާ ޖަޕާނުގެ މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިއްޖެކަމަށް ޖަޕާނުން ކަށަވަރުކޮށްދީފި އެވެ.

ޖަޕާނުން ބުނީ މިވައިރަސްގެ އަސަރު ފެނިފައިވާ މީހަކީ އުމުރުން 60ގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އަދި މިމީހާއަކީ ޖަޕާނުގައި ޓޫރިސްޓުން ގޮވައިގެން ދަތުރުކުރާ ބަހެއްގެ ޑްރައިވަރެކެވެ. މިމީހާވަނީ މިމަހުގެ ކުރީކޮޅު ވުހާން އިން އައި ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކޮށްފައެވެ. ވުހާން އަކީ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު އަދި މިވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ތަނެވެ.

ޖަޕާނުގެ މިމީހާއަށް ހޮނިހިރު ދުވަހު ނިޔުމޯނިއާ އަށް ފަރުވާދީފައި ކަމަށާއި، އަދި އެމީހާ މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ޖަޕާނުން ބުނެއެވެ.

މީގެއިތުރުން ވުހާންގައި ދިރިއުޅޭ ޖަޕާނުގެ މީހެއްގެ ގައިން ވަނީ މީގެކުރިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައެވެ. އެމީހާ ޖަޕާނަށް އައިސްފައިވަނީ ޗުއްޓީއެއްގައި މިމަހުގެ 20 ވަނަ ދުވަހު އެވެ.

ޖަޕާނުން މިހާތަނަށް ވަނީ މިވައިރަސްގެ އަސަރު ހަ މީހެއްގެ ގައިން ފެނިފަ އެވެ. އަންގާރަ ދުވަހު ޖަޕާނުން ބުނެފައިވަނީ ވުހާންގައި ތިބި އެޤައުމުގެ ރައްޔިތުން ޖަޕާނުން ގެނައުމަށް ފްލައިޓެއް ފޮނުވުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. މިމީހުންނަކީ ވުހާންގައި ދިރިއުޅޭ ޖަޕާނުގެ 650 މީހުންނެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ އަންގާރަ ދުވަހު ޓޯކިޔޯއިން ދާ މިފްލައިޓުން ވުހާންގައި ތިބި 200 ޖަޕާން މީހުންނަށް ޖަޕާނަށް އާދެވޭނީ ބުދަ ދުވަހު ކަމަށެވެ.

ގިނަ ޤައުމުތަކަކުން އަންނަނީ ޗައިނާގައި ތިބި، ވަކިން ޚާއްޞަކޮށް ވުހާންގައި ތިބި އެޤައުމުތަކުގެ ރައްޔިތުން އަނބުރާ ޤައުމުތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި

08 ނޮވެމްބަރު 2017
ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި
23 އޮކްޓޯބަރު 2017

ޖަޕާނުގެ އަވަސް އިންތިޚާބު އަބޭ ކާމިޔާބު ކުރައްވައިފި

23 އޮކްޓޯބަރު 2017
 ޖަޕާނުގެ އަވަސް އިންތިޚާބު އަބޭ ކާމިޔާބު ކުރައްވައިފި
22 އޮކްޓޯބަރު 2017

ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

22 އޮކްޓޯބަރު 2017
ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
06 އޮކްޓޯބަރު 2017

ޖަޕާނުގެ އިރުމައްޗަށް 6.3 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ

06 އޮކްޓޯބަރު 2017
ޖަޕާނުގެ އިރުމައްޗަށް 6.3 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ
30 ސެޕްޓެމްބަރު 2017

ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!

30 ސެޕްޓެމްބަރު 2017
ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!
25 ސެޕްޓެމްބަރު 2017

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި

25 ސެޕްޓެމްބަރު 2017
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި
03 ޖޫން 2017

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް

03 ޖޫން 2017
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
14 މާރިޗު 2017

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު