Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީ

ކޯލިޝަން ހެދި އެއްވެސް ސަރުކާރަކުން ޖޭޕީން ވަތްކެއްނުވަން، ވަކިިކުރީ!

ހިޔާލު ތަފާތު 04 ލީޑަރުން އެއްގަލަކަށް އެރީ އަނިޔާވެރި ވެރިކަމެއް ނިންމަން

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖެނުއަރީ 2020 | ހޯމަ 18:17
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ކޯލިޝަން ހެދިއެއްވެސް ސަރުކާރަކުން ޖޫމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެފައިނުވާ ކަމަށާއި، ކޯލިޝަނުން ދުރުކުރީ ކަމަށް އެޕާޓީގެ ޗީފް ސްޕޯކްސް ޕަރސަން އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި މިނިސްޓަރު ޢަލީ ޞާލިޙު ވިދާޅުވީ އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނައުމަށްޓަކައި ރާއްޖޭގައި ތިއްބެވި އެންމެ ޚިޔާލު ތަފާތު ހަތަރު ލީޑަރުން އެއްގަލަކަށް އެރީ ކަމަށެވެ.

މިނިސްޓަރު ޢަލީ ޞާލިހު ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން، އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ސިޔާސީ މައިދާނުގައި އެންމެ ޚިޔާލު ތަފާތު ހަތަރު ބޭފުޅުން ކަމަށާއި، އެ ޚިޔާލު ތަފާތުވުންތަކާއެކު އިންތިޚާބުގައި ވާދަކޮށް ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރީ ވަކި މަޤުޞަދެއްގައި ކަމަށެވެ.

މިނިސްޓަރު ޢަލީ ޞާލިހު ވިދާޅުވީ މިސަރުކާރުގެ ކޯލިޝަނުން ވަކިވުމުގެ ވިސްނުމެއް ނެތް ކަމަށާއި، ކުރީގެ ވެރިކަންތަކުގައި ޖޭޕީން އިސްވެ ކޯލިޝަނުން ވަކިވެފައިނުވާ ކަމަށެވެ. އިންތިޚާބުތައް ބޯމަތިވަމުން އަންނައިރު އެކި ބޭބޭފުޅުން ތަފާތު އެކިއެކި ވާހަކަތައް ދައްކާނެ ކަމަށާއި، ނަމަވެސް މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސާތުތައް ތަންފީޒުކުރުމަށް ކަމަށް ޢަލީ ޞާލިޙު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަޒީރުން މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޖޭޕީ ކޯލިޝަން ދޫކޮށްފައި ދާކަށް އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކޯލިޝަނުން ވަކިވީ ޖޭޕީއަށް އަނިޔާވެރިވެ، ލީޑަރު ޤާސިމަށް ބޮޑެތި އަނިޔާތަކެއް ދިނުމުން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ބޭއިންސާފުން ކަންކަން ކުރައްވާއިރު، އެކަމަކަށް ލީޑަރު ޤާސިމް އިޖާބަ ނުދެއްވާނެ ކަމަށެވެ.

ކޯލިޝަން ހެދި އެއްވެސް ސަރުކާރަކުން އަމިއްލައަށް ޖޭޕީން ވަކިނުވާ ކަމަށް ޢަލީ ޞާލިޙު ވިދާޅުވިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކޯލިޝަނުން ޖޭޕީގެ ލީޑަރު ޤާސިމް ވަކިވެވަޑައިގެންނެވީ ޖީއެމްއާރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ވިއްކާލާފައިވާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހުއެވެ. އަދި ހޯމް މިނިސްޓަރުކަމުގެ މަޤާމާ ޙަވާލުވެލެއްވުމަށްފަހު، އެންމެ 22 ދުވަހުގެ ތެރޭގައި މަޤާމުން އިސްތިޢުފާ ދެއްވާ، ރައީސް ނަޝީދު ވެރިކަމާ ދެކޮޅުގެ ފަރާތްތަކާއި ޖޭޕީގެ ލީޑަރު ގުޅިވަޑައިގަތެވެ. އަދި ކޯލިޝަން ދެމެހެއްޓުމަށް އެމަނިކުފާނު މަޝްވަރާ އިސްކުރައްވާފައި ނުވާއިރު، ބަޣާވާތަކުން ރައީސް ނަޝީދުވެރިކަން ވައްޓާލުމަށް އިސްވެ މަސައްކަތް ކުރީ ވެސް ޖޭޕީގެ ލީޑަރު ޤާސިމް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

2013 ވަނަ އަހަރު ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށްފަހު، ދެޕާޓީގައި ޖެހުނު މައްސަލަތަކެއްގައި ކޯލިޝަނުން ޖޭޕީގެ ލީޑަރު ވަކިވެވަޑައިތެވެ. ނަމަވެސް ކޯލިޝަނުން ވަކިކުރީ ޕީޕީއެމްއިން ކަމަށް އެމަނިކުފާނު ތުހުމަތުކުރެއެވެ. ނަމަވެސް މިކަން ޕީޕީއެމުން ދޮގުކުރެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު